logo
logo
ސާދަ އަހަރު ފަހުން މުލަކު ފުލުހުންނަށް އުޅަނދެއް ލިބި ޚިދުމަތްދޭން ފަށައިފި

ސާދަ އަހަރު ފަހުން މުލަކު ފުލުހުންނަށް އުޅަނދެއް ލިބި ޚިދުމަތްދޭން ފަށައިފި

2025 އޮކްޓޯބަރު 22
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ސާދަ އަހަރު ފަހުން މުލަކު ފުލުހުންނަށް އުޅަނދެއް ލިބި ޚިދުމަތްދޭން ފަށައިފިއެވެ.

މިކަމާއި ގުޅިގެން ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މުލަކުގެ އަމަން ބަލަހައްޓާ ފުލުހުން، ކުށްވެރިން ހައްޔަރުކޮށްގެން ގެންދާ މަންޒަރު ކުޑަކުދިންނަށް ފެނުމުން އިޖުތިމާއީ ގޮތުން މައްސަލަތައް ރަށުގައި ޖެހެމުންދާ ކަމުގެ ޝަކުވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. މުލަކު ރައްޔިތުންގެ ގާތަށް ކުރެއްވި ޒިޔާރަތުގައި، އަޑު އައްސަވާ އެކަމަށް ވަގުތުން އިޖާބަ ދެއްވާ އޮކްޓޯބަރ މަސް ނިމުމުގެ ކުރިން އެކަމަށް ހައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވި ކަމަށެވެ.

އެ ވުޒާރާއިން ބުނީ މިއަދު ވަނީ މުލަކަށް ފުލުހުންގެ އުޅަނދެއް ގެންދެވި ޚިދުމަތް ދޭން ފަށާފައި ކަމަށެވެ.

މުލަކު ފުލުހުންގެ ފަރާތުން، ފާއިތުވި14 އަހަރުވަންދެން މުލަކު ފުލުހުން އެދެމުން އައި ވެހިކަލް އޮކްޓޫބަރުގައި އެރަށަށް ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައި މުލަކު ރައްޔިތުންނާ ބައްދަލު ކުރައްވަން ބޭއްވި ޖަލްސާގައެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ މުލަކުގައި ފުލުހުންގެ ޚިދުމަތް ދެމުން އަންނަ ކަމަށާއި ފުލުހުންގެ ޚިދުމަތް ދިނަސް އަދި ފުލުހުންގެ މަރުކަޒެއް އެޅިޔަސް އެންމެ ބޭނުންވާ ގޮތަށް ޚިދުމަތް ޤާއިމުވެފައި ނުހުންނަ ކަމަށާއި ފުލުހުން ބޭނުން ކުރާނެ ވެހިކަލެއް މުލަކުގައި ނެތް ކަމަށެވެ. އެއީ ޚިދުމަތް ދިނުމަށް ފުލުހުންނަށްް ވަރަށް ދަތިވާނެ ކަމެއް ކަމަށާއި ރައްޔިތުންނަށް ވެސް އެކަމުގެ ސަބަބުން ދަތިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މ. މުލަކަކީ އާބާދީގައި 1500 އެއްހާ މީހުން ދިރިއުޅޭ ރަށެއްކަން ފާހަގަ ކުރެވެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް