
އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ 2 ހާހެއްހާ ރަހީނުން މިނިވަންކޮށްފި
ޒައުޖަތު އަޙުމަދުއިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ދެ ހާހެއްހާ ރަހީނުން މިނިވަންކޮށްފިއެވެ.
ސުލްޙައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިސްރާއީލުގެ ޖަލުތަކުގައި ތިބި ރަހީނުންގެ ތެރެއިން 1968 ރަހީނުން މިނިވަންކޮށްފައިވާއިރު، ހަމާސްއިން 2023 ވަނަ އަހަރު އޮކްޓޫބަރު މަހު ރަހީނުކުރި މީހުންގެތެރެއިން ބާކީ ތިބި 20 މީހަކުވެސް މިއަދު ވަނީ މިނިވަންކޮށްފައެވެ.
މީގެއިތުރުން ހަމާސްގެ އަތްދަށުގައި ތިބި ރަހީނުންގެ ތެރެއިން މަރުވެފައިވާ ދެ މީހެއްގެ ހަށިގަނޑު ވެސް އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްއާ ހަވާލުކޮށްފައިވާ ކަމަށް އިސްރާއީލުގެ މީޑިއާއިން ވަނީ ބުނެފައެވެ.
އިސްރާއީލުން މިނިވަންކުރި ރަހީނުންގެ ތެރެއިން 154 މީހަކު ވަނީ މިސްރަށް ޑީޕޯޓް ކޮށްފައިކަމަށް ފަލަސްޠީނުގެ މީޑިއާއިން ވަނީ ބުނެފައެވެ.
ރަހީނުން މިނިވަން ކުރަމުންދިޔަ ވަގުތާއި ދިމާކޮށް، ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލުއާންމުގެ އެންމެ ބޮޑު ބައިވެރިޔާ ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވަނީ އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގައި ތަޤުރީރު ކުރައްވައިފައެވެ. އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެއްވި ކަމަށް އެއްބަސްވެ ވަޑައިގެންނެވި ޓްރަމްޕްގެ މި ތަޤުރީރުގައި ވަނީ ހަނގުރާމަ ނިމުނުކަން އިޢުލާނު ކުރައްވައިފައެވެ.
ޓްރަމްޕްގެ މި ދަތުރުފުޅަކީ މިސްރުގެ ޝަރަމުލް ޝައިޚްގައި މިއަދު ބޭއްވި "ޣައްޒާ ޕީސް ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިސްރާއީލަށް ކުރެއްވި ޒިޔާރަތެކެވެ. 20 އަށްވުރެ ގިނަ، ދުނިޔޭގެ ލީޑަރުން ބައިވެރިވެލެއްވި މި ސަމިޓް މިރޭ ވަނީ ނިންމަވާލައިފައެވެ. މި ސަމިޓްގައި ވަނީ، ޣައްޒާ ޤަތުލުއާންމު ހުއްޓާލުމަށް ޓްރަމްޕް ހުށަހެޅި ޕީސް ޕްލޭންގައި ޓްރަމްޕްގެ އިތުރުން، ޤަޠަރު، މިސްރު އަދި ތުރުކީވިލާތުގެ ލީޑަރުން ސޮއިކޮށްފައެވެ.
ފަލަސްޠީނުގެ ރައީސް މަހްމޫދު ޢައްބާސް ބައިވެރިވެވަޑައިގެންނެވި މި ސަމިޓްގައި ހަމާސް އަދި އިސްރާއީލުން ބައިވެރިވެފައި ނުވާކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން ޣައްޒާ އަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި2025 ނޮވެމްބަރު 21
ބޯކޮށް ވާރޭވެހި ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ޓެންޓުތަކުގައި ފެންބޮޑުވެއްޖެ2025 ނޮވެމްބަރު 14
ޣައްޒާއަށް އެހީ ވެއްދުމަށް ދުނިޔޭގެ ކޯޓުން ކުރި ޙުކުމާ ވެސް އެމެރިކާއިން ދެކޮޅުހަދައިފި2025 އޮކްޓޯބަރު 23
އެއްބަސްވުން އޮތީ ކަރުދާހުގައި، އިސްރާއީލުން ޣައްޒާއަށް ބޮންއަޅައިފި2025 އޮކްޓޯބަރު 19