މާލެ ސަރަހައްދުގައި ސުކޫލްކުދިން ކޭމްޕްދާނެ ތަނެއް ނެތް މައްސަލަ ހައްލުކޮށްދެއްވައިފި
ޒައުޖަތު އަޙުމަދުމާލެ ސަރަހައްދުގައި ސުކޫލްކުދިން ކޭމްޕްދާނެ ތަނެއް ނެތް މައްސަލަ ހައްލުކޮށްދެއްވައިފިއެވެ.
ސުކޫލްކުދިން ކޭމްޕްދާނެ ތަނެއް މާލެ ސަރަހައްދުގައި ހުޅުވާފައި މިވަނީ އެފަދަ ތަނެއް ނެތި 15 އަހަރު ފާއިތުވި ފަހުންކަން ފާހަގަ ކުރެވެއެވެ.
ކޮރޮސްރޯޑްސް މޯލްޑިވްސްގައި ގާއިމުކޮށްފައިވާ މި ސަރަހައްދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަރިހުގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލު ޝަފީޢު ބައިވެރިވެވަޑައިގެންނެވިއެވެ.
ސުކޫލްކުދިން ޚާއްޞަކޮށް ކެޑޭޓު، ގައިޑު އަދި ސްކައުޓް ދަރިވަރުން ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ނެތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. މިއަދު ހުޅުވުނު މި ސަރަހައްދަކީ ޑްރީމް އައިލޭންޑް ޓޫ ލިމިޓެޑް ކްރޮސްރޯޑްސްގެ އިޖުތިމާޢީ ޒިންމާގެދަށުން ގާއިމުކުރި ތަނެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ ކިޔެވުމުގެ އެކި ޙަރަކާތްތަކުގައި ވެސް އެ ސަރަހައްދު ބޭނުންކުރެވޭނެ ކަމަށެވެ. އެގޮތުން އެކި ދިރާސާތައް ކުރިއަށް ގެންދިއުމަށާއި އިތުރު ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް އެ ސަރަޙައްދު ބޭނުން ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝަފީޢު އިތުރަށް ވިދާޅުވީ ސުކޫލްކުދިންގެ ހުނަރުތައް ތަރައްޤީ ކުރުމަށް އެ ސަރަހައްދުގެ ބޭނުން ފުރިހަމައަށް ހިފުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކޭމްޕް ސަރަހައްދު ތަރައްޤީކޮށްފައި ވަނީ 3 ހެކްޓަރުގެ ސަރަހައްދެއްގައެވެ. އެ ސަރަހައްދުގައި އޮފީސް އިމާރާތަކާއި ސިއްޙީ ފުރަތަމަ ފަރުވާދޭ ތަނަކާއި މިސްކިތަކާއި އަދި ދުވަހު ކޮޓަރި ވެސް ހިމެނެއެވެ.
މި ސަރަހައްދު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޭމްޕް ސަރަހައްދު ބައްލަވާލައްވައިފައެވެ.
މި ރަސްމިއްޔާތުގައި ކެޑޭޓް، ސްކައުޓް އަދި ގައިޑް ޙަރަކާތުގެ އިސްވެރިންނާއި ދަރިވަރުން ބައިވެރިވެލެއްވި ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޑރ. ޒާހިރު ޙުސައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި2026 ފެބްރުއަރީ 01
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29
8000 އަށްވުރެ ގިނަ ދަރިވަރުންނާއިއެކު މި އަހަރުގެ އޯލެވެލް އިމްތިޙާނު ފަށައިފި2026 ޖެނުއަރީ 28