ފަލަސްޠީނުގެ ޣައްޒާގެ ޕްރޮފެސަރަކަށް މިއަހަރުގެ ނޮބަލް ޕްރައިޒް ލިބިއްޖެ

ފަލަސްޠީނުގެ ޣައްޒާގެ ޕްރޮފެސަރަކަށް މިއަހަރު ނޮބަލް ޕްރައިޒް ( ނޮބަލް އިނާމް)ލިބިއްޖެއެވެ.
ޕްރޮފެސަރު ޢުމަރު ޔާޣީއަށް މި އިނާމް ލިބިފައިވަނީ ކެމިސްޓްރީންނެވެ.
ފަލަސްޠީނުގެ ޣައްޒާގެ އަލްމަސްމިއްޔާއަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބުނު ޕްރޮފެސަރު ޢުމަރު ޔާޣީ އުފަންވެފައި ވަނީ 1965 ވަނަ އަހަރު ޖޯޑަން (އުރުދުން) ގައި ހުންނަ ފަލަސްޠީނު ރައްޔިތުންގެ ރެފިއުޖީ ކޭމްޕެއްގައެވެ. އުމުރުން 15 އަހަރު ވަންދެން ޢުމަރު ޔާޣީ ދިރިއުޅުއްވީ ޖޯޑަންގައެވެ. އެއަށްފަހު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ.
ޢުމަރު ޔާޣީއަކީ މިހާރު ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތެކެވެ. ސަޢޫދީ ސަރުކާރުން އެކި ދާއިރާތަކުން ފާހަގަ ކުރެވޭ ހުނަރުވެރި ފާހަގަ ކޮށްލެވޭ މުސްލިމުންނަށް އެ ޤައުމުގެ ރައްޔިތުކަން ދިނުމަށް ގެންގުޅޭ އުޞޫލުގެދަށުން ޢުމަރު ޔާޣީ ސަޢޫދީ ރައްޔިތުކަން ހޯދީ 2021 ވަނަ އަހަރުއެވެ.
ޢަރަބި ދުނިޔޭގެ ފަޚުރެއްކަމުގައިވާ ޢުމަރު ޔާޣީ އަކީ މެޓަލް-އޯގަނިކް ފްރޭމްވޯކްސް (އެމްއޯއެފްއެސް) އީޖާދުކުރެއްވި ޕްރްފެސަރެވެ. މި ހޯދުމުގެ ސަބަބުން މޮލެކިއުލާ އާކިޓެކްޗާ އުފަންވެގެންދިޔަކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
