
ވެންޓިލޭޓަރު ވައްކަން- ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ދުބާއީ ކޯޓަކުން ޙުކުމްކޮށްފި
ޒައުޖަތު އަޙުމަދުއެމްޑީޕީ ސަރުކާރުގައި ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
ބަންޑާރަނައިބު އަޙުމަދު އުޝާމް ވިދާޅުވީ ދުބާއީގެ ކޯޓުން އިއްޔެ، އެގްޒެކިއުޓާސް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް އަމުރެއް ނެރެފައި ވަނީ ދިވެހި ސަރުކާރަށް 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) އިއްޔެއިން ފެށިގެން ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ދެއްކުމަށް ކަމަށެވެ.
އުޝާމް ވިދާޅުވީ އެ އަމުރަށް އެ ކުންފުނިން ތަބާ ނުވެއްޖެންމަ ދެން އަޅަންޖެހޭ ފިޔަވަޅުވެސް އަޅާނެ ކަމަށެވެ. އަމުރާއި އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ ދެން ކުރަންޖެހޭ ކަމެއް ވެސް ކުރައްވާޏެ ކަމަށާއި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި 2020 ވަނަ އަހަރު ފެބުރުވަރީގައި ވެންޓިލޭޓަރު ގަންނަން އޭރުގެ ހެލްތު މިނިސްޓްރީން އެގްޒެކިއުޓާސް ކުންފުންޏާއެކު ހެދި އެއްބަސްވުމާއި އެ ކުންފުނިން ޚިލާފުވެފައި ވާތީ ދުބާއީގެ ކޯޓަށް މި މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ މާރިޗްމަހުގައެވެ. ދިވެހި ދައުލަތުން އެދިފައި ވަނީ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި ވެންޓިލޭޓަރުތައް ގެނެސްދީފައި ނުވާތީ ދިވެހި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
ވެންޓިލޭޓަރު މައްސަލާގައި އާބިޓްރޭޝަން ކޯޓުން 32 މިލިއަން ރުފިޔާ ދިވެހި ދައުލަތަށް ދެއްކުމަށް އަމުރު ކުރުމުން ވެސް ފައިސާ ދައްކާފައި ނުވާތީ މި މައްސަލަ ދުބާއީގެ ކޯޓުން ނިންމިއިރު އަމުރުކޮށްފައި މިވަނީ، އެ ފައިސާ ނުދައްކާ ވާތީ، ޖޫރިމަނާ ހިމަނައިގެން 37 މިލިއަން ރުފިޔާ ދެއްކުމަށްކަން ފާހަގަ ކުރެވެއެވެ.
ކޮވިޑް ދުވަސްވަރު އެމްޑީޕީ ސަރުކާރުން 75 ވެންޓިލޭޓަރު ގަންނަން ހަވާލުކުރީ "ކަރުދާސް" ކުންފުންޏަކާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު، ބޭންކް ގެރެންޓީއަކާ ނުލައި 34 މިލިއަން ރުފިޔާ ދޫކުރި އެގްޒެކިއުޓާސް ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަޙުޤީޤޫން ވަނީ ހާމަވެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ބޮޑު ޖަލްސާގެ އުސްއަލިތައް- އެމްޑީޕީ ސަރުކާރުން ފުނިޖައްސާފައި ހުރި ބިލްތައް ދައްކަންފަށައިފި2025 ނޮވެމްބަރު 15
އެމްޑީޕީ ސަރުކާރުގެ ފަހު 3 އަހަރު ފެނަކައަށް ތިން ހާސް އެއް ސަތޭކަ މުވައްޒަފުން ނެގިކަން ހާމަވެއްޖެ!2025 އޮކްޓޯބަރު 23
އެމްޑީޕީ ސަރުކާރުން 2021 ގައި ނެގި ސުކޫކަށް 24.6 މިލިއަން ޑޮލަރު ދައްކައިފި2025 އޮކްޓޯބަރު 08
ސަރުކާރާ ހަވާލުވިއިރު ވިޔަފާރިތަކަށް ދައްކަންހުރި ބިލުތަކުގެ ފައިސާ 5 ހަފްތާތެރޭ ދައްކާ ނިންމަނީ2025 އޮކްޓޯބަރު 02