
ސަރުކާރާ ހަވާލުވިއިރު ވިޔަފާރިތަކަށް ދައްކަންހުރި ބިލުތަކުގެ ފައިސާ 5 ހަފްތާތެރޭ ދައްކާ ނިންމަނީ
ޒައުޖަތު އަޙުމަދުސަރުކާރާ ހަވާލުވިއިރު ވިޔަފާރިތަކަށް ނުދީ ހުރި އެތައްހާސް ބިލުގެ ފައިސާ 5 ހަފްތާތެރޭ ދައްކާ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ، ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭ ކަމަށެވެ.
ރައީސް ވިދާޅުވީ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ބިލުތައް އަދާ ކުރުމަކީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެލެއްވިއިރު، ފުން އަނދަވަޅެއްގައި އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް ކަމަށެވެ.
ސަރުކާރާ ހަވާލުވިއިރު ދިވެހި ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ 500 މިލިއަން ރުފިޔާ ނުދެއްކި ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރިން ވަނީ ވިދާޅުވެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ހެޔޮކުރަން: ރައީސް2025 ޑިސެމްބަރު 05
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03