
ރޭގެ މުޒާހަރާއިން ހައްޔަރުކުރި ގިނަ މީހުނަށް އިތުރު މުއްދަތު ޖަހައިފި
ޒައުޖަތު އަޙުމަދުރޭގެ މުޒާހަރާއިން ހައްޔަރުކުރި ގިނަ މީހުނަށް އިތުރު މުއްދަތު ޖަހައިފިއެވެ.
އެމްޑީޕީން މާލޭގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއިން ފުލުހުން ހައްޔަރުކުރި 8 މީހުންގެތެރެއިން 6 މީހަކަށް 15 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.
އާޓިފިޝަލް ބީޗުގައި އޮތް މި އެއްވުމުގައި އެމްޑީޕީން ފުލުހުންނާއެކު ހަދާފައިވާ އެއްބަސްވުމާއި ޚިލާފުވެ މަގުތަކަށް ނިކުންނަން އުޅުމުން ފުލުހުން ހުއްޓުވުމުން، އެއްވުމުގެ ބައިވެރިން ވަނީ ފުލުހުންނާ ކުރިމަތިލައިފައެވެ. އެމީހުން ވަނީ ފުލުހުންގެ ޝީލްޑްވެސް އަތުލައި ބައެއް ބެރިކޭޑްތައް ވެސް އުކައިފައެވެ. އަދި ފުލުހުންނާއި ދިމާއަށް ފެންފުޅި، ގާ ފަދަ ތަކެތި ވެސް އެމީހުން އުކިއެވެ. މި މަންޒަރުތައް އެ އެއްވުން ވަގުތުން ދުރަށް ދެއްކި ޗެނަލްތަކުން ވަނީ ފެނިފައެވެ.
މި ހަމަނުޖެހުންތަކާއި ގުޅިގެން 8 މީހުން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުޙުމަތުގައެވެ.
ހައްޔަރުކުރި 8 މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައި ވަނީ މާލެއިން ބޭރަށް ނުދިއުމަށް ޝަރުޠުކޮށްފައެވެ. އަނެއްމީހާ ވަނީ ކޯޓަށް ނުގެންގޮސް ދޫކޮށްލައިފައެވެ.
15 ދުވަހަށް ބަންދުކުރި މީހުންގެތެރޭގައި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔަޢުޤޫބް ޢަބްދުﷲ، މާފުށީ ކައުންސިލްގެ ރައީސް އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު ހިމެނެއެވެ.
ފުލުހުން އެމްޑީޕީއަށް ހުއްދަ ދިނީ އަމީނީ މަގުން ހިނގާލުން ކުރިއަށް ގެންދިއުމަށް ނަމަވެސް އެމްޑީޕީން ބޭނުންވީ ފުލުހުންގެ އެންގުމާއި ދެކޮޅުހަދައި މަޖީދީމަގުން ހިނގާލުން ކުރިއަށް ގެންދަންކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކޯޓު އަމުރެއްގެދަށުން ސަނީ އުމަރު ހައްޔަރުކޮށްފި2025 ޑިސެމްބަރު 02
ހުޅުމާލޭގެ އެކި ތަންތަނުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ2025 ޑިސެމްބަރު 02
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު ކޮއްފި2025 ޑިސެމްބަރު 01
ސީޕީ ނަވީން ހިމެނޭގޮތަށް ފުލުހުންގެ އިސް ވެރިންތަކެއް ސަސްޕެންޑް ކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި!2025 ނޮވެމްބަރު 26