logo
logo
ފްލޮޓިއްލާގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް މަސްހިފަން ފުރުސަތު ލިބިއްޖެ

ފްލޮޓިއްލާގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް މަސްހިފަން ފުރުސަތު ލިބިއްޖެ

2025 އޮކްޓޯބަރު 03
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޣައްޒާގެ ހިޞާރު ނައްތާލަން ޣައްޒާއަށް ދަތުރުކުރަނިކޮށް ރަހީނުކުރި ގުލޯބަލް ސުމޫދު ފްލޮޓިއްލާގެ ސަބަބުން ޣައްޒާގެ ރައްޔިތުން މަސްހިފަން ފުރުސަތު ލިބިއްޖެއެވެ.

ޣައްޒާގެ ރައްޔިތުންގެ ބަޔަކު އަތިރިމަތީގައި ދާޖަހައިގެން މަސްހިފާ މަންޒަރު ފެންނަ ވީޑިއޯއެއް ގިނަ ބަޔަކު އެކްސްގައި ހިއްސާ ކުރަމުން އުފާ ފާޅުކޮށްފައި ވާކަން ފާހަގަކުރެވެއެވެ.

އެމީހުން ބުނި ގޮތުގައި ޣައްޒާގެ ރައްޔިތުންނަށް މަސްހިފަން ފުރުސަތު ލިބުނީ އިސްރާއީލު ސިފައިން ފްލޮޓިއްލާ ބޯޓުތައް ހުއްޓުވަން ކަނޑުމަތީގައި އުޅުމުގެ ސަބަބުން ކަމަށެވެ.

ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ ކަނޑުގެ ސަރަހައްދުން މަސްހިފަން ފުރުސަތު ނުލިބޭ ކަމަށާއި މަސްހިފަން ނުވަތަ މަސް ބާނަން ކަނޑަށް ނިކުމެ އުޅެނިކޮށް އިސްރާއީލު ސިފައިންނަށް ފެނިއްޖެނަމަ ބަޑިޖަހާ ކަމަށް އެމީހުން ބުނެފައިވެއެވެ.

2023ގައި ފެށި ޤަތުލުއާންމާއިއެކު އިސްރާއީލުން ވަނީ ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަނދުކޮށްފައެވެ. މަސްބޭނުމުގެ އިތުރުން މޫދަށްއެރުން ވެސް ވަނީ މަނާކޮށްފައެވެ. 2023ގެ ކުރިން ވެސް ޣައްޒާގެ މަސްވެރިންނަށް ގިނަ ދަތިތައް ކުރިމަތިކުރުވާ ހުރަސްއަޅަމުން ގޮސްފައިވެއެވެ. އެގޮތުން 2023 ގެ ޤަތުލުއާންމު ފެށިފަހުން 2024 ޑިސެމްބަރާއި ހަމައަށް 200 މަސްވެރިން ބަޑިޖަހާ ޝަހީދުކޮށްފައިވާ ކަމަށް ޣައްޒާގެ ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް