logo
logo
ސަރުކާރު ފެށުނުއިރު އިސްލާމީ ވުޒާރާގައި ވެސް 50 މިލިއަން ކުންފުނިތަކަށް ދައްކަން އޮތް: ޝަހީމް

ސަރުކާރު ފެށުނުއިރު އިސްލާމީ ވުޒާރާގައި ވެސް 50 މިލިއަން ކުންފުނިތަކަށް ދައްކަން އޮތް: ޝަހީމް

2025 އޮކްޓޯބަރު 03
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ސަރުކާރު ފެށުނުއިރު އިސްލާމީ ވުޒާރާގައި ވެސް 50 މިލިއަން ކުންފުނިތަކަށް ދައްކަން އޮތް ކަމަށް އިސްލާޟީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި މިފަދައިން ވިދާޅުވީ އަދަދު ނޫހުގައި ލިޔެފައިވާ ޚަބަރަކަށް ރައްދު ދެއްވަމުންނެވެ.

އަދަދު ނޫހުގައި ބުނެފައި އޮތީ "އަމިއްލަ ކުންފުނިތަކުގެ ބިލުތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާ ތެރޭގައި ދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިޔަސް، އެ ފައިސާ ނުދެވޭނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ" ކަމަށެވެ.

އަމީރުއަށް ރައްދު ދެއްވާ ޝަހީމް ވިދާޅުވީ ސަރުކާރު ފެށުން އިރު އިސްލާމީ ވުޒާރާގައި އެކަނި ވެސް 30 ވަރަކަށް މިިލިއަން ރުފިޔާ ކުންފުނިތަކަށް ނުދައްކާ އޮތް ކަމަށާއި އަދި މަސައްކަތްކޮށްފަ ބިލްތައް ނައިސް ހުރި އަދަދާއެކު ޖުމުލަ 50 މިލިއަން ރުފިޔާ އޮތް ކަމަށެވެ.

ޝަހީމް ވިދާޅުވީ އެ ހުރިހާ ފައިސާއެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ސަރުކާރުން ވަނީ މިދިޔަ އަހަރު ދައްކާފައި ކަމަށެވެ.

 

 

ރައީސް ޑރ. މުޢިއްޒު އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ، ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭ ކަމަށާއި ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެކަމަށެވެ.

އެމްޑީޕީގެ ސަރުކާރު ނިމި ޕީއެންސީން ސަރުކާރާ ހަވާލުވިއިރު، ކުންފުނިތަކަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ ހުރިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވަނީ ވިދާޅުވެފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް