
ސޯލިހު ސަރުކާރުން ވެމްކޯވެސް އޮތީ ލޫޓުވާލާފައި: ދައްކަންޖެހޭ ވަރަށްވުރެ އިތުރަށް 4.6 މިލިއަން ރުފިޔާ ދެއްކި މައްސަލައެއް ހުށަހަޅައިފި
ވެމްކޯއަށް ޑަމްޕް ޓްރަކްތަކަކާއި ލޭންޑިން ކްރާފްޓެއް ގަންނަން ކުރި ދެ މުއާމަލާތެއްގައި، އެއްބަސްވި މުއްދަތުގައި ޑެލިވާ ނުކުރަނީސް އެ ތަކެތި ގަތުމަށް އެޑްވާންސްގެ ގޮތުގައި 1.7 މިލިއަން ރުފިޔާ އާއި އިތުރަށް 4.6 މިލިއަން ރުފިޔާ ދެއްކި މައްސަލަ އެ ކުންފުނިން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.
ވެމްކޯ އިން ބުނީ ދެ ޓަނުގެ 10 ޑަމްޕް ޓްރަކް ހޯދުމަށް އަދި ލޭންޑިން ކްރާފްޓް ހޯދުމަށް ލޯކަލް ކުންފުންޏަކާ އެކު 2021 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ ތަކެތި ވެމްކޯއަށް ޑެލިވަރީ ކުރަންޖެހޭ މުއްދަތު ހަމަވިޔަސް 2023 ގެ ޖުލައިއާ ހަމައަށް ވެސް ވެހިކަލްތައް ނުލިބޭ ކަމަށެވެ.
ވެހިކަލް ހޯދަން އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން 6.3 މިލިއަން ރުފިޔާ ސަޕްލަޔަރުންނަށް އެޑްވާންސް ފައިސާގެ ގޮތުގައި ދައްކާފައިވެ އެވެ. އެ ފައިސާ ދެއްކީ ޑިސެމްބަރު 29، 2021 ގައި ހަތަރު މަސް ތެރޭގައި އެ އުޅަނދުތައް ހަވާލުކުރާ ގޮތަށް ކަމަށް ވިޔަސް އޮކްޓޫބަރު 30، 2022 އާ ހަމައަށް ވެސް ލޭންޑިން ކްރާފްޓް ވެސް ވެމްކޯއަށް ލިބިފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.
އެއްބަސްވުމާ އެއްގޮތަށް ޑެލިވަރީ ކުރަންޖެހޭ ތާރީހުގައި، ވިއްކާ ފަރާތުން އުޅަނދުތައް ޑެލިވަރީކޮށްފައި ނުވި ނަމަވެސް އެޑްވާންސް ފައިސާގެ ގޮތުގައި 1.7 މިލިއަން ރުފިޔާ އަދި އިތުރަށް ދެއްކި 4.6 މިލިއަން ރުފިޔާ އެ ފަރާތްތަކުން އަނބުރާ ހޯދާފައިނުވާ ކަމަށް ވެމްކޯ އިން ބުންޏެވެ.
ވެމްކޯގެ އޮޑިޓްތަކުން އެނގޭގޮތުގައި ކޯޕަރޭޝަނުން ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން ރެންޑަމް 231 މުއާމަލާތެއް ބަލާފައިވާއިރު އޭގެ ތެރެއިން ހަ މިލިއަން ރުފިޔާގެ މުއާމަލާތަކަށް ވެސް ފައިސާ ދައްކާފައި ވަނީ އެ ތަކެތި ކުންފުންޏަަށް ލިބުނުކަން ކަށަވަރުކުރުމަށް ބޭނުންވާ މުދަލާއި ހިދުމަތް ލިބުނުކަން އަންގައިދޭ ލިޔެކިޔުމެއް ނެތިކަން ކަމަށް ބުނެފައިވެ އެވެ.
ސޯލިހްގެ ވެރިކަމުގައި 2021، 2022 އަދި 2023 ވަނަ އަހަރު ފެނަކަ އިން ހިންގި ކޮރަޕްޝަންގެ ބޮޑެތި ކަންކަން ފަޅާ އަރުވާލީ މިދިޔަ ހަފްތާގައި އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު ފެނަކައިގެ ހާއްސައޮޑިޓް ރިޕޯޓުންނެވެ. އެ ރިޕޯޓުން ހާމަކުރި ގޮތުގައި 2.2 ބިލިއަން ރުފިޔާގެ ވައްކަން ވަނީ ކޮށްފައެވެ.
އެ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 4 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކޮށް ނާޖާއިޒު މަންފާ ހޯދައި ދިން މައްސަލައިގައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ނަޝީދުގެ އާރެއް ބާރެއްނެތް، އަދިވެސް އެމްޑީޕީގައި އޮތީ ސޯލިހުގެ ބާރު2026 ޖެނުއަރީ 22
ވިޔަފާރިވެރިން އެދުނު ގޮތަށް ކުދި ވިޔަފާރިތަކުގެ ކުނި އުކައިދޭ އަގު ކުޑަކުރަން ނިންމައިފި2025 ޑިސެމްބަރު 30
ގާދިއްފުށި ހިމެނޭހެން 5 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ޢިމާރާތްތަކުގެ މަސައްކަތް ހަވާލުކޮށްފި2025 ސެޕްޓެމްބަރު 21