
ސުމޫދު ފްލޮޓީލާއަށް އިސްރާއީލުން ހުރަސްއެޅުން ރައީސް ކުށްވެރިކުރައްވަައިފި
ޣައްޒާއަށް ބޭނުންވާ އެހީ ހިފައިގެން ކަނޑު މަގުން ދަތުރުކޮށްފައިދާ ގްލޯބަލް ސުމޫދު ފްލޯޓިލާއަށް އިސްރާއީލުން ހުރަސްއެޅުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުގައި ދަތުރުކުރަަމުންދަނިކޮށް ގްލޯބަލް ސުމޫދު ފްލޯޓިލާއަށް އިސްރާއީލުން ހުރަސްއެޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ފްލޯޓިލާގައި ހިމެނެނީ ޣައްޒާއަށް ބޭނުންވާ އަސާސީ އިންސާނީ އެހީ ހިފައިގެން ދަތުރުކުރަމުންދާ މަދަނީ އުޅަނދުފަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މިގޮތަށް ބިރުދެއްކުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށާއި، އެފަދަ ކަންކަން ތަހައްމަލުކޮށްގެން ނުވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މިނިވަަންކަމާއި އަސާސީ ޒަރޫރަތްތަކުން މަހުރޫމުކޮށްފައިވާ އާބާދީއަކަށް ނުހަނު ބޭނުންޖެހިފައިވާ އިންސާނީ އެހީއާއެކު ދަތުރުކުރާ ގާފިލާއެއް އަމާޒުފަތްގަނޑަކަށް ހަދައިލުމަކީ އިންސާނިއްޔަތުކަމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްވަނީ ތަކުރާރުކޮށް އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ އަމަލުތަކާ ގުޅިގެން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.
މިދިޔަ އޮގަސްޓު މަހު ދަތުރު ފެށި ސުމޫދު ފްލޮޓިލާގައި ދުނިޔޭގެ 44 ގައުމެއްގެ 500 މީހުން ހިމެނެއެވެ. މި ފްލޮޓިލާގެ ބައިވެރިންގެ ތެރޭގައި ދިވެއްސެއް ކަމަށްވާ އިބްރާހިމް ޝާޒް (ބޮޑޭ) ވެސް ހިމެނެއެވެ. ޣައްޒާގެ ސަރަހައްދީ ކަނޑުގެ ބޭރުން، އިސްރާއީލުގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވާ ސަރަހައްދާ ކައިރިވުމުން، އިސްރާއީލުގެ ސިފައިން ވަނީ މި އުޅަނދުތައް ހުއްޓުވަން ފަށައިފައެވެ. ފްލޮޓިއްލާ އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ތިބި 15 އުޅަނދެއް ވަނީ ހުއްޓުވައިފައެވެ. މި ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި އިސްރާއީލު ސިފައިން ހަތިޔާރާއެކު ބައެއް އުޅަނދުތަކަށް އަރައި، އެތަނުގައި ތިބި މީހުން ހިފަހައްޓާފައިވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޑރ. ޒާހިރު ޙުސައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި2026 ފެބްރުއަރީ 01
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!2026 ޖެނުއަރީ 27