
ގްލޯބަލް ސުމުދު ފްލޮޓިލާގެ އުޅަނދުތައް ރަތް ރޮނގު ހުރަސްކޮށްފި
ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރުކުރާ ގްލޯބަލް ސުމުދު ފްލޮޓިލާގެ އުޅަނދުތައް ހައި ރިސްކު ޒޯން ހުރަސްކޮފައިވާ ކަމަށް ފްލޮޓިލާގެ ޓެލެގްރާމް ޗެނަލްގައި ކުރި ޕޯސްޓެއްގައި ބުނެފިއެވެ.
ރަތް ރޮނގަކީ އެހީ ހިފައިގެން މީގެކުރިން ދަތުރުކުރި އުޅަނދުތަކަށް ހަމަލާދީ ހުއްޓުވި ހިސާބެވެ.
ޓެލެގްރާމް ޗެނެލްގައި ބުނެފައިވަނީ އެންމެންގެ ހާލުވެސް ރަނގަޅުކަމަށާއި މިހާރު ބޯޓުތައް ތިބީ މެޑެލީން ހުއްޓުވި ހިސާބުން ބޭރުގަ ކަމަށެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރު ވަނީ ފްލޮޓިލާގެ އުޅަނދުތައް ޣައްޒާއަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައެވެ.
ފްލޮޓީލާގެ އުޅަނދުތައް ކުރިއަށްއޮތް ދެ ދުވަސް ތެރޭގައި ޣައްޒާއަށް ވަންނާނެ ކަމަށް ފްލޮޓީލާ އިންތިޒާމްކުރި ފަރާތުން ވަނީ ބުނެފައެވެ.
ގްލޯބަލް ސުމުދު ފްލޮޓިލާ އަކީ އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް މުގުރާލުމަށް ކުރާ އެންމެ ބޮޑު މަދަނީ މަސައްކަތެވެ. އެގޮތުން 50 އަށް ވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 1000 އަށް ވުރެ ގިނަ އެކްޓިވިސްޓުން މި ދަތުރުގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހަމަލާތައް ހުއްޓާލަން ހަމާސް އާއި އިޒްރޭލު އެއްބަސްވެއްޖެ2025 އޮކްޓޯބަރު 09
ފްލޮޓިއްލާގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް މަސްހިފަން ފުރުސަތު ލިބިއްޖެ2025 އޮކްޓޯބަރު 03
ސުމޫދު ފްލޮޓީލާއަށް އިސްރާއީލުން ހުރަސްއެޅުން ރައީސް ކުށްވެރިކުރައްވަައިފި2025 އޮކްޓޯބަރު 02
އިސްރާއީލުން އިއްޔެ ޤަޠަރަށް ބޮންއެޅި، މިއަދު ޔަމަނަށް ބޮންއަޅައިފި2025 ސެޕްޓެމްބަރު 10