logo
logo
މަޝްހޫރު ފިލްމީ ތަރި ޔޫއްޕެ ޕީއެންސީއާ ގުޅިއްޖެ!

މަޝްހޫރު ފިލްމީ ތަރި ޔޫއްޕެ ޕީއެންސީއާ ގުޅިއްޖެ!

2025 އޮކްޓޯބަރު 01
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މަޝްހޫރު ފިލްމީ ތަރި ޔޫއްޕެ ( ޔޫސުފް ޝަފީޢު) ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ، ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ޔޫއްޕެ ޕީއެންސީއާ ގުޅިފައި ވަނީ ޕީއެންސީން މިރޭ ކުރިއަށް ގެންދާ ޖަގަހަ ޖަލްސާގައެވެ.

އެ ޖަލްސާގައި ޔޫއްޕެގެ މްމްބަރޝިޕް ފޯމާ ހަވާލުވެލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކޮންގްރެސް ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.

ޔޫއްޕެގެ އިތުރުން އެހެން ހަތަރު ބޭފުޅަކު ވެސް ޕީއެންސީއާ ގުޅުމަށްފަހު މެމްބަރޝިޕް ފޯމު ވަނީ ޢަބްދުއްރަޙީމްއާ ހަވާލުކުރައްވައިފައެވެ.

ދިވެހި ފިލްމީ އުދަރެހުގައި އެންމެ އަލިގަދަ ތަރި އަދި ގިނަ ބައެއްގެ އެންމެ މަގުބޫލު ފިލްމީ ތަރި ޔޫއްޕެއަކީ ފިލްމީ އެކްޓަރެއްގެ އިތުރުން ފިލްމު ޑައިރެކްޓް ކުރެއްވުމާއި ފިލްމު އުފެއްދެވުމާއި، ލިއުއްވާ އަދި އެޑިޓް ވެސް ކުރައްވާ ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.

ޔޫއްޕެ ހިމެނޭހެން ގިނަ ބަޔަކު މިރޭ ވެސް ޕީއެންސީއާ ގުޅި މެމްބަރޝިޕް ފޯމު ހަވާލުކުރައްވާފައިވާއިރު، ޕީއެންސީއަކީ މިހާރު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އިލެކްޝަންގެ ދަފްތަރުގައިވާ ގޮތުން ޕީއެންސީ ރަޖިސްޓަރީގައި 68,665 މެމްބަރުން ތިބެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް