logo
logo
ފެނަކަ އޮތީ ލޫޓުވާލާފައި، ދޯނިފަހަރު ނުގެންގުޅޭ 14 ކުންފުންޏަކާއެކު މުދާއުފުލުމުގެ އެއްބަސްވުން ހެދި

ފެނަކަ އޮތީ ލޫޓުވާލާފައި، ދޯނިފަހަރު ނުގެންގުޅޭ 14 ކުންފުންޏަކާއެކު މުދާއުފުލުމުގެ އެއްބަސްވުން ހެދި

2025 ސެޕްޓެމްބަރު 28
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން، ފެނަކައިން ރަށްރަށަށް މުދާ އުފުލުމުގެ ނަމުގައި 47 މިލިއަން ރުފިޔާގެ ޚިޔާނާތް ވެފައިވާއިރު ދޯނިފަހަރު ނުގެންގުޅޭ 14 ކުންފުންޏަކާއެކު މުދާއުފުލުމުގެ އެއްބަސްވުން ހެދިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ރާއްޖޭގައި މިހާތަނަށް ދައުލަތުގެ މުއައްސަސާއަކުން ހިންގި އެންމެ ބޮޑު ޚިޔާނާތް ފެނަކައިގެ 2021ން 2023ގެ އޮޑިޓް ރިޕޯޓުން ހާމަވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި ޚާއްޞަ އޮޑިޓަކަށް ފަހުގައެވެ. އެ ރިޕޯޓު އާންމުކޮށްފައިވާއިރު، 2.2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚިޔާނާތް ވެފައިވާކަމަށް ދައްކައެވެ.

ރިޕޯޓުން ފާހަގަވާ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށް މުދާ އުފުލުމުގެ މަސައްކަތް ހަވާލުކޮށފައިވާ 30 ފަރާތުގެ ތެރެއިން އޮޑިޓް ސާމްޕްލިންގެ އުސޫލުން 23 ފަރާތުގެ ނަމުގައި (ވިޔަފާރީގެ ނަމުގައި ނުވަތަ ހިއްސާދާރުންގެ ނަމުގައި) އެއްވެސް މުދާ އުފުލާ އުޅަނދުތަކެއް ރަޖިސްޓްރީކޮށްފައިވޭތޯ ޗެކް ކުރިއިރު، އޭގެ ތެރެއިން 14 (%61) ފަރާތުގެ ނަމުގައި އެއްވެސް މުދާ އުފުލާ އުޅަނދެއް ރަޖިސްޓްރީކޮށްފައި ނުވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

މި ފަރާތްތައް މެދުވެރިކޮށް އެކި ރަށްރަށަށް މުދާ އުފުލުމަށް އުޅަނދުފަހަރު ކުއްޔަށް ހިފުމަށް 345 އެއްބަސްވުން ހެދިއިރު، މި އެއްބަސްވުންތަކުގެ ދަށުން މުދާ އުފުލުމުގެ ދަތުރުތައް ކުރުމުގެ އަގުގެ ގޮތުގައި 105 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ކުންފުނިތަކަށް ފެނަކަ އިން ދީފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

މި ބޮޑު ޚިޔާނާތުގެ ސަބަބުން މިހާރު އިނދަޖެހިފައިވާ ފެނަކައިގެ މާލީ ޙާލަތު ގޯސްވީ މުދަލާއި ޚިދުމަތް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ މިފަދަ ގިނަ މުއާމަލާތްތަކެއްގެ ސަބަބުންނެވެ.

ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް އޭރު އޭސީސީއަށް ވެސް ހުށަހެޅުނުކަން ފާހަގަ ކުރެވެއެވެ. އެކަމާއި ގުޅިގެން އޭސީސީއިން ވަނީ ފެނަކައިގެ އެތެރޭގައި އެ މަސައްކަތްތައް ކުރަމުންދާ ގޮތުގެ ރިޕޯޓެއް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިޙްއަށް ހުށަހަޅާ އެމަނިކުފާނުގެ ސަމާޅުކަމަށް ގެނެސްފައިކަން ވެސް ވަނީ ހާމަވެފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް