
ގާދިއްފުށި ހިމެނޭހެން 5 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ޢިމާރާތްތަކުގެ މަސައްކަތް ހަވާލުކޮށްފި
ޒައުޖަތު އަޙުމަދުތ. ގާދިއްފުށި ހިމެނޭހެން 5 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ޢިމާރާތްތަކުގެ މަސައްކަތް ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތްތައް ކުރުމަށް ކުންފުނިތަކާއި ހަވާލުކުރެއްވީ މިއަދުއެވެ.
މިގޮތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ހަވާލުކުރެވުނު 3 ޕްރޮޖެކްޓްގެ ތެރެއިން ތ. ގުރައިދޫ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތުގެ ޕްރޮޖެކްޓް އަގަކީ 32.8 މިލިއަން ރުފިޔާއެވެ. ޕްރޮޖެކްޓްގެ މުއްދަތަކީ 325 ދުވަހެވެ.
ތ. މަޑިފުށީ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް، 12.8 މިލިއަން ރުފިޔާއަށް ވެމްކޯއާ ހަވާލުކުރެއްވީ 325 ދުވަހުން ނިންމާގޮތަށެވެ.
މީގެއިތުރުން ތ. ގާދިއްފުށީ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ވެސް ހަވާލުކުރެއްވީ 12.8 މިލިއަން ރުފިޔާއަށް، 325 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ވެމްކޯއާއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން، މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން، ޖެނެރަލް މެނޭޖަރ، ބިޒިނަސް ޑެވެލޮޕްމަންޓް އެންޑް މާކެޓިންގ އިސްމާޢިލް އުބައިދުއެވެ.
މީގެއިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމްޓިސީސީ) އާ 2 ޕްރޮޖެކްޓެއް ވަނީ ހަވާލުކުރައްވައިފައެވެ. އޭގެތެރޭގައި އދ. ކުނބުރުދޫ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހިމެނެއެވެ. މި ޕްރޮޖެކްޓް އަގަކީ 8.2 މިލިއަން ރުފިޔާއެވެ. މި މަސައްކަތް ނިންމަންޖެހެނީ 300 ދުވަހުގެ ތެރޭގައެވެ.
ފ. ފީއަލީ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެ މަސައްކަތުގެ އަގަކީ 21.6 މިލިއަން ރުފިޔާއެވެ. މުއްދަތަކީ 360 ދުވަހެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން، މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަޙުމަދު ގާސިމް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޓެކްސީ ލައިނަށް ޑްރައިވަރުން ނަގަން ބާއްވާ އިންޓަވިއުއަށް ގިނަ ބައެއްގެ ތަރުހީބު!2026 ޖެނުއަރީ 17
ރޯދައަށް ނިންމަން ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ބާރަށް ކުރިއަށް 2026 ޖެނުއަރީ 10
14 ރަށެއްގައި 14 މަޝްރޫޢު ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި2026 ޖެނުއަރީ 06
ބޮޑުތަކުރުފާނުމަގު ފުޅާކޮށް ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ %50 ނިމިއްޖެ2025 ޑިސެމްބަރު 31