މީޑިއާ ބިލުގައި ޤާނޫނު އަސާސީއާ ތަޢާރުޒުވާ އެއްވެސް ކަމެއް ނެތް: ކައުންސެލިލް ޖެނެރަލް
ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެސް ހައްޤަކަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން"ގެ ބިލުން އުނިކަން ނާންނަކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަަތު ފިލްޒާ ލަފާ ދެއްވައިފިއެވެ.
އެކަމަނާ އެ ލަފާ ދެއްވާފައި ވަނީ މިއަދު އޮތް ކޮމެޓީ ބައްދަލްވުމުގަ އެވެ. އެ ބައްދަލްވުމުގައި އެ ހުށައެޅުންތަކަށް ފަހު ފިލްޒާ ވަނީ މީޑިއާ ބިލްގައި ޤާނޫނު އަސާސީއާ ތަޢާރަޒުވާ ކަމެއް ނެތް ކަމަށާ އެ ބިލުން އަސާސީ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނެ ކަމަށް ވިދާޅުވެފަ އެވެ.
މީޑީއާ ރެގިއުލޭޝަން ބިލަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކާއެކު އިއްޔެ ވެސް ފާސްކުރި އެވެ. ނަމަވެސް އެ ބިލަށް ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަަތު ފިލްޒާ ވަނީ ހުށައެޅުންތަކެއް ހުށައަޅާފަ އެވެ. އެހެން ކަމުން ކޮމެޓީގެ މެންބަރުން ނިންމީ ކައުންސެލް ޖެނެރަލްގެ ހުށައެޅުންތައް ބިލްގައި ހިމަނާށެވެ. ކޮމެޓީގެ ބައްދަލްވުމެއް އަލުން ތާވަލުކޮށް މިހާރު ވަނީ ކައުންސެލް ޖެނެރަލްގެ ހުށައެޅުންތައް ވެސް ބިލްގައި ހިމަނާ މީޑިއާ ބިލް އަލުން ފާސްކޮށްފަ އެވެ.
މި ބިލަށް ސަރުކާރުން ވަނީ 14 އިސްލާޙެއް ހުށައަޅާފަ އެވެ. ބިލް ފާސްކުރީ އެ އިސްލާޙުތަކާއެކު އެވެ. ސަރުކާރުން ބުނީ އެ އިސްލާޙުތަކާއެކު ނޫސްވެރީންނާއި މީޑިއާތަކުގެ މައިގަނޑު ކަންބޮޑުވުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)
