ރައީސްގެ މަސައްކަތްޕުޅުތަކަށް އެމްޑީޕީން ވެސް ތާޢީދު ކުރާކަން ހާމަވެއްޖެ: ޝުޖާ

ރައީސްގެ މަސައްކަތްޕުޅުތަކަށް އެމްޑީޕީގެ ތާޢީދު އޮތްކަން ހާމަވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބުރާހީމް ޝުޖާ ވިދާޅުވެއްޖެއެވެ.
ޝުޖާ މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި މިވަނީ ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލަށްފަހު ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ މަޖިލީހުގައި ނެގުނު ވޯޓާއި ގުޅިގެންނެވެ.
ކޮންގްރެސް ޕާޓީގެ ނައިބު ލީޑަރު ކަމުގައި ވެސް ހުންނެވި ޝުޖާ ވިދާޅުވީ ހޯމް މިނިސްޓަރ ޢަލީ އިޙްސާނަށް އެމްޑީޕީން ތާޢީދުކޮށް ވޯޓް ދެއްވުމުން، ދިވެހި ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް އެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައި ދެއްވުމަށާއި ބިދޭސީންގެ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާޢީދު އޮތްކަން ހާމަވާ ކަމަށެވެ.
ޝުޖާ ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި މިފަދަ ހެޔޮވިސްނުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ވިސްނުންފުޅަށް އައުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި ސިޔާސީ މަސައްކަތުގައި މި ކޮލިޓީ ހުންނަންވާނެ ކަމަށެވެ.
ޝުޖާ ވަނީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕް މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
އަލަށް ޢައްޔަނުކުރެއްވި ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ނެގުނު ވޯޓުގައި ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާނަށް 70 މެމްބަރުންގެ ތާޢީދު ލިބިފައިވެއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 2 މެމްބަރުންނެވެ.
އިތުރަށް





.gif.gif&w=828&q=100)
