logologologologo
STO
ޚަބަރު

ފަހުން ޢައްޔަނު ކުރެއްވި ވަޒީރުންނަށް މަޖިލީހުން ރުހުންދީފި

ފަހުން ޢައްޔަނު ކުރެއްވި ވަޒީރުންނަށް މަޖިލީހުން ރުހުންދީފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 29

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ފަހުން ޢައްޔަނު ކުރެއްވި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައި މިވަނީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެ ވަޒީރުންނަށް ރުހުންދޭން ފާސްކުރުމާ ގުޅިގެންނެވެ.

ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް މަދުކުރައްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް އައު 5 ވަޒީރަކު އައްޔަން ކުރައްވާފައެވެ. އަދި ވަޒީރުންގެ މަޖިލީހުގައި ކުރިން ހިމެނިވަޑައިގެންނެވި 9 ވަޒީރަކު ވަނީ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު އަލުން ހުވާ ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ގެންނަވާ ބަދަލުތަކާއެކު މަޤާމުގެ ހުވާކުރައްވާ ވަޒީރުންނަށް ޤާނޫނީ ބާރުވެރިކަން ލިބިގެންދާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާފައިވަނީ، ކޮންމެ ވަޒީރަކަށް ވަކިންނެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނެވީ މި މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ.

MALDIVE GASAllied Insurance
އިތުރަށް