މީޑިއާ ބިލު އަވަހަށް ފާސްކުރަން ގޮވާލާ މުޒާހަރާ ކުރަން ފަށައިފި

މީޑިއާ ރެގިއުލޭޓު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރަން ގޮވާލާ މުޒާހަރާ ކުރަން ފަށައިފިއެވެ.
މީޑިއާ ރެގިއުލޭޓުކުރާ ބިލުގެ ދިރާސާ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމުމަށްފަހު އެ ބިލު އިއްޔެ ވަނީ ފާސްކޮށްފައެވެ.
ބައެއް ނޫސްވެރިން ކަންބޮޑުވުންތައް ފާޅުކުރުމާއި ގުޅިގެން ސަރުކާރުން އެ ބިލަށް 14 އިޞްލާޙެއް ހުށަހަޅާފައިވެއެވެ. މި އިޞްލާހުތަކަށް ރިޔާޢަތްކޮށް ބިލުގެ މަސައްކަތް ނިންމާ މަޖިލީހަށް ވޯޓަށް އަހަން މިއަދު މަސައްކަތް ކުރަމުން ގެންދާ ކަމަށްބުނެ ބައެއް ނޫސްވެރިން ހެނދުނުންފެށިގެން މަޖިލީސް ސަރަހައްދުގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ.
މި ބިލު ފާސްކުރަން ގޮވާލާ ޝުޢޫރުފާޅުކޮށްފައިވާ ބޯޑުތައް ހިފައިގެން އާންމުންގެ ބަޔަކު އަޑުއުފުލަމުން ދަނީ ވެސް މަޖިލީސް ސަރަހައްދުގައިކަން ފާހަގަކުރެވެއެވެ.
މަޖިލީސް އިދާރާ ހުންނަ ސަރަހައްދުގައި ފުލުހުން ވެސް ޙަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރެވެއެވެ.
މި ބިލަކީ މަޖިލީހުގެ މިނިވަން މެމްބަރު، ތުޅާދޫ ދާއިރާގެ މެމްބަރު ޢަބްދުލްހައްނާނު ހުށަހެޅުއްވި ބިލެކެވެ.
އިތުރަށް





.gif.gif&w=828&q=100)
