ރެގިއުލޭޓްކުރަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް، އަމިއްލަ ފަރާތްތަކުގެ ސޯޝަލް މީޑިއާއެއް ނޫން!
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ މީޑިއާ ބިލާ އެކު ރެގިއުލޭޓްކުރެވޭނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެކަނިކަމަށް ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުންއަރާގޮތަށް ފަަތުރަމުންދާ އެންމެ ބޮޑު ދޮގަކީ އަމިއްލަ ފަރާތްތަކުން ސޯޝަލް މީޑިއާގައި ޖަހާ ވާހަކައަކުންވެސް އެމީހުންނަށް ފިޔަވަލު އެޅޭނެކަމަށް ބުނެ ފަތުރާ ވާހަކައެވެ. މި ވާހަކަ ޒުވާނުންގެ މިނިސްޓަރ ރޭގައި ވަނީ ވަރަށް ރަނގަޅަށް ސާފުކޮށްދީފައެވެ.
އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޒުވާނުންގެ މިނިސްޓަރ އިބްރާހިމް ވަޙީދު ވިދާޅުވީ ބިލުގައި މީޑިއާ މާނަކޮށްފައި އޮންނަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ކަމަށެވެ. އެހެންކަމުން ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ފިޔަވައި އެހެން އެއްވެސް ބައެއް ރެގިއުލޭޓްނުކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހިންގާ ސޯޝަލް މީޑިއާ ޕޭޖަކީ ޢާންމު ރައްޔިތަކަށް ނުވަތަ ކޮންޓެންޓް ކްރިއޭޓަރަކަށް ނިސްބަތްވާ އެއްޗެއް ނަމަ އެއީ މި ބިލާ ބެހޭ ކަމެއް ނޫން. އެއެއް ރެގިއުލޭޓެއް ނުކުރާނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ބިލުގައިވެސް އޮންނާނީ "މީޑީއާތަކަށް ނިސްބަތްވާ" ސޮޝަލް މީޑިއާ ޕޭޖުތަށް މޮނިޓަރ ކުރާ ވާހަކަ ކަމަށެވެ.
އޭގެ މާނައަކީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް މީޑިއާއަކަށް ނިސްބަތް ނުވާ، ރާއްޖޭގައި އަމިއްލަ ކޮންޓެންޓް އުފައްދާ އެއްވެސް ފަރާތެއްގެ ސޯޝަލް މީޑިއާ މި ބިލިގެ ދަޝުން ރެގުލޭޓެއް ނުކެރެވޭނެ ވާހަކައެވެ. އެހެންކަމުން އިދިކޮޅު އެކްޓިވިސްޓުން ރައްޔިތުން ގާތުގައި ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަން ސާފެވެ.
އިތުރަށް




.gif.gif&w=828&q=100)
