logologologologo
STO
ޚަބަރު

ނޫސްވެރިޔާ ނާއިފްއަށް ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު

ނޫސްވެރިޔާ ނާއިފްއަށް ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 ސެޕްޓެމްބަރު 15

ދައުރު ނޫހުގެ ނޫސްވެރިޔާ ނާއިފް އަހުމަދަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ސޯޝަލްމީޑިއާގައި ގިނަބަޔަކު ތުހުމަތު ކޮށްފިއެވެ.

މި ތުހުމަތުތައް ނާއިފުއަށް ކޮށްފައިވަނީ އޭނާ ކުރީގެ ނައިބް ރައީސް އަހުމްދު އަދީބު އަތުން ފައިސާ ހޯދުމަށް ކޮށްފައިވާ މެސެޖްތަކެއް އާންމު ވުމާގުޅިގެންނެވެ. ލީކުވެފައިވާ މެސެޖްތަކުން އިނގޭގޮތުގައި އަދީބު ބޭނުންވާ ގޮތަށް ޕްރޮޕެގެންޑާ ހިންގާ ދިނުމުގެ މަސައްކަތް ފެށުމަށް 8 ލައްކަ ރުފިޔާ ބޭނުންވާނެ ކަމަށް ނާއިފު ވަނީ ބުނެފައެވެ.

އެކަން ކުރުމަށް އޮފީހެއް ނަގާފައިވާނެ ކަމަށާއި ލޯގޯ އާއި އެހެނިހެން ކަންކަން ކަންކަން ނިންމާނީ އަދީބު އާއި ބައްދަލުކުރުމަށްފަހުގައި ކަމަށް ނާއިފް ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައިހުރި އަދީބު އަތުން ފައީސާ ހޯދުމުން ނާއިފުއަށް ވެސް އެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ.

މިކަމާ ގުޅިގެން ނާއިފް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 2014/2015 ވަނަ އަހަރުގެ ތެރޭ އޭރުގެ ޓޫރިޒަމް މިނިސްޓަރު،ނައިބު ރައީސް އަހުމަދު އަދީބުއާ ވެސް އެކި ވާހަކަ ދެކެވި ކަންކަމުގައި ހިޔާލު ވެސް ބަދަލުކުރެވިފައި ހުންނާނެ ކަމަށައި އަދީބަކީ ސިޔާސީ ކަންކަމަށް ވަޑައިގަތުމުގެ މާ ކުރިން ވެސް އޭނާ އާއި ރަހުމަތްތެރިކަން ބޭއްވެވި ބޭފުޅެއް ކަމަށެވެ.

އެ މުއާމަލާތްތަކުގެ ބައެއް ޗެޓްލޮގްތައް ކަމަށް ބުނެ މިހާރު ދައުރު ކުރަމުން އަންނަ މެސެޖު ތަކަކީ އެޑިޓްކޮށް ޓްވިސްޓްކޮށް މެނިޕްލޭޓްކޮށް އޭގެ އަސްލު އޮޅޭ ގޮތަށް ފަތުރަމުންދާ ޗެޓްލޮގްތަކެއް ކަމަށް ބުނެ ނާއިފްވަނީ އެކަން ދޮގުކޮށްފައެވެ.

 

MALDIVE GASAllied Insurance
އިތުރަށް