logologologologo
STO
ޚަބަރު

މީކާއީލް ނަސީމް މީޑިއާ ބިލާ ދެކޮޅަށް ވޯޓު ނުދެއްވީ ގަސްތުގައި: މެމްބަރު ޝުޖާ

މީކާއީލް ނަސީމް މީޑިއާ ބިލާ ދެކޮޅަށް ވޯޓު ނުދެއްވީ ގަސްތުގައި: މެމްބަރު ޝުޖާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ސެޕްޓެމްބަރު 16

މެމްބަރު މީކާއީލް ނަސީމް، މީޑިއާ ބިލާ ދެކޮޅަށް ވޯޓު ނުދެއްވީ ގަސްދުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީ ޕީޖީ ޑެޕިއުޓީ ލީޑަރު އިބުރާހީމް ޝުޖާ ވިދާޅުވެއްޖެއެވެ.

މީޑިއާ ރެގިއުލޭޓު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ކޮމިޓީ މަސައްކަތް ނިންމައި، އެ ބިލުގެ މަސައްކަތް ކުރި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިއްޔެ ވަނީ އެ ބިލު ފާސްކޮށްފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެމްބަރު ޝުޖާ ވިދާޅުވީ މީޑިއާ ބިލް ފާސްކުރުމަށް ނެގި ވޯޓްގައި މެމްބަރު މީކާއީލް ނަސީމް، ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓް ނުދެއްވީ ގަސްތުގައި ކަމަށެވެ.

ޝުޖާ ވިދާޅުވީ އެ ބިލާ ދެކޮޅަށް ވޯޓް ދެއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ކޮމިޓީއަށް ވަޑައިނުގަނެގެން ތަކުރާރުކޮށް އިދާރީ މޭޒުން ގުޅުމުންވެސް ކޮމިޓީ ހިނގި ފްލޯގައި ހުންނަވާ ވޯޓްގައި ބައިވެރިވެ ވަޑައި ނުގަތީ ކަމަށެވެ.

ޝުޖާ ވިދާޅުވީ ކޮމިޓީ ނިމުނު ފަހުން މީކާއީލް ވަޑައިގެން ވިދާޅުވީ ”އަސްލު އަޅުގަނޑުމެންވެސް ބިލަށް ތާޢީދު ކަމަށް“. ކަމަށާ ނަމަވެސް މަޖިލިސް އިދާރާއިން ނުކުމެ ވަޑައިގެން މީޑިއާ ބޭފުޅުންނަށް އިންޓަވިއު ދެއްވީ ފުރުޞަތު ނުލިބުނު ކަމަށް ދޭހަވާގޮތަށް ކަމަށް ވެސް ޝުޖާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު އެދެން މިކަން ކޮމިޓީގެ އިދާރީ މޭޒުން މީޑިއާ ތަކުން ސާފުކުރުމަށް.އަދި ތިބޭފުޅުން މަޖިލީހުގެ ސީސީޓީވީ ކެމެރާ ރެކޯޑިންގ ހޯދުމަށް އެދެން.އޭރުން އަޅުގަނޑު ދެންނެވީ ޙައްޤު ތެދުކަން ސާފުވާނެ." ޝުޖާ ވިދާޅުވެފައިވެއެވެ.

މީޑިއާ ބިލަކީ އެމްޑީޕީން ތާއީދު ކުރާބިލެއް ކަމަށާ ނަމަވެސް މީޑިއާ ތަކަށް ދައްކަނީ އެހެން މަންޒަރެއް ކަމަށް ޝުޖާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލްއަޙުމަދު ނަސީމަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެއްކަން ފާހަގަ ކުރެވެއެވެ. މީކާއީލްއަކީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މެމްބަރެކެވެ.

 

MALDIVE GASAllied Insurance
އިތުރަށް