logo
logo
ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމު ކުރުމަށް ސަރުކާރުން  މޭވާއާއި ތަރުކާރީ އެތެރެކުރަން ނިންމައިފި

ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމު ކުރުމަށް ސަރުކާރުން މޭވާއާއި ތަރުކާރީ އެތެރެކުރަން ނިންމައިފި

2025 ސެޕްޓެމްބަރު 10
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމު ކުރުމަށް ސަރުކާރުން މޭވާއާއި ތަރުކާރީ އެތެރެކުރަން ނިންމައިފިއެވެ.

މިކަން ހާމަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޮސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ،ހަކުރު،ފުށުގެ އިތުރުން އެހެން ބާވަތްތައް ވެސް ސަރުކާރުން ގަނޑުކޮށް އެތެރެ ކުރަން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ކާޑުގެ ބާވަތްތަކުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެމޭވާއާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުއި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

 

 

ރާއްޖޭގައި އާންމުކޮށް މީހުން ބޭނުންކުރާ އޮރެންޖާއި އާފަލުގެ އަގު މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ކުރިން 4 ރުފިޔާއަށް 5 ރުފިޔާއަށް ލިބެން ހުންނަ އެ ބާވަތްތަކުގެ އަގުވެސް މިހާރު ހުރީ 12 ރުފިޔާ، 14 ރުފިޔާއަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ތަކުލީފުތައް ކުޑަކުރުމުގެ ގޮތުން އެސްޓީއޯއިން އޮރެންޖު އެތެރެކޮށް، އޮރެންޖު ކިލޯއެއް 35 ރުފިޔާއަށް ވިއްކަން މިއަދު ފަށާފައިވާ ކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް