logo
logo
އެސްޓީއޯއިން 35 ރުފިޔާއަށް އޮރެންޖު ކިލޯއެއް ވިއްކަން ފަށައިފި

އެސްޓީއޯއިން 35 ރުފިޔާއަށް އޮރެންޖު ކިލޯއެއް ވިއްކަން ފަށައިފި

2025 ސެޕްޓެމްބަރު 10
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އެސްޓީއޯއިން 35 ރުފިޔާއަށް އޮރެންޖު ކިލޯއެއް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން އޮރެންޖު އެތެރެކޮށް ވިއްކަން ފަށާފައި މިވަނީ ބާޒާރުގައި އޮރެންޖު އަދި އާފަލުގެ އަގު ވަރަށް ބޮޑާށް އުފުލި އާންމުންގެ އަތް ނުފޯރާ ފަށަށް ގޮސްފައި ވަނިކޮށް ކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިގެން ދިޔަނުދީ، ރައްޔިތުންގެ އަތް ފޯރާފަށުގައި ހިފެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ދިވެހިން ކެއުމުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބޭނުންކުރާ އޮރެންޖު އަދި އާފަލުގެ އަގު އެހާ ބޮޑަށް އުފުލުނު ސަބަބާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް އެސްޓީއޯއިން އޮރެންޖު އެތެރެކޮށްފައި މިވަނީ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެދަށުން ކަން ފާހަގަ ކުރެވެއެވެ.

އެގޮތުން ފާއިތުވި 2 އަހަރުގެ ރަމަޟާން މަހަށް ޚާއްސަ ގިނަ ބާވަތްތައް އެސްޓީއޯއިން އެެތެރެކޮށް ހެޔޮއަގުގައި ވިއްކާފައިވާކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް