logo
logo
ބަންކަރިންގެ ހިދުމަތުން 124 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިއްޖެ

ބަންކަރިންގެ ހިދުމަތުން 124 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިއްޖެ

2025 މޭ 18
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މިދިޔަ ސެޕްޓެމްބަރު މަހު ފެށި ބަންކަރިން ހިދުމަތުން އެސްޓީއޯއަށް މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ޝިމާދު ވިދާޅުވީ ވާދަވެރި އެހެން ގައުމުތަކާ އެއް ފެންވަރަކަށް އެ ހިދުމަތް ފޯރުކޮށްދޭން އަދިވެސް ގިނަ ކަންތައްތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު ކުރިއަށް ދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މިރޭގެ ޖަލްސާގައި ޝިމާދު ވިދާޅުވީ:

  • ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންލައިނާއަށް އެސްޓީއޯއިން ބަންކަރިން ހިދުމަތް ދިން
  • އޭގެ ތެރޭގައި 1،200 ޓަނުގެ ފެން ފޯރުކޮށްދިނުން ހިމެނޭ

 

ބާސެލޯ މާލެ ނަސަންދުރަ ހޮޓެލްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އަހަރީ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ޝިމާދު ވިދާޅުވީ އިހަވަންދިއްޕޮޅުން ބަންކަރިންގެ ހިދުމަތް ފެށި ނަމަވެސް، އެ ހިދުމަތުގެ ވިޔަފާރި ރަނގަޅީ މާލެ ސަރަހައްދުގައި ކަމަށެވެ.

"ބަންކަރިންގަ އަދިވެސް އަޅުގަނޑުމެން ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ކޮލޮމްބޯ ފަދަ ކައިރި ޤައުމުތަކާއި ކޮމްޕީޓުކުރަން ވެެއްޖެއްޔާމު އެތައް ކަމެއް ރަނގަޅުކުރަން ޖެހޭ. އަޅުގަނޑުމެން މިހާރު މިދަނީ މިކަމަށް މަޝްވަރާތައްވެސް ކުރަމުން." އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވިއެެވެ.


ޝިމާދުގެ ވާހަކައިގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގ ލައިނަކަށް އެސްޓީއޯއިން ބަންކަރިންގ ޚިދުމަތް ދީފައިވާކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލާފައެވެ. މި ޝިޕިންގ ލައިނާއަށް އެސްޓީއޯއިން ވަނީ 1،200 ޓަނުގެ ފެން ފޯރުކޮށްދީފައެވެ.


"މިއިން އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެން ބަންކަރިންގެ ޚިދުމަތް ބައިނަލްއަޤުވާމީ ޝިޕިންގ ލައިނަރތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި ބަންކަރިންގެ ޚިދުމަތް ރަނގަޅަށް ދެވެމުންދާކަން." އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވިއެެވެ.

އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ ބައިނަލްއަޤްވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް އެ ކުންފުނިން ބޭނުންކުރަމުންދަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލާ 2 ބޯޓެވެ. މި ބޯޓުތަކުން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެންނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް