
ދިވެހިންގެ ފަރާތުން ހަދިޔާކުރާ މަސްދަޅު ހިފައިގެން ލަންކާއަށް ދާން ފުރައިފި
ޒައުޖަތު އަޙުމަދުތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ފެންބޮދުވެ ޙާލުގައި ޖެހިފައިވާ ރަފާތްތަކަށް، ދިވެހިންގެ ފަރާތުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ހިފައިގެން ލަންކާއަށް ދާން ފުރައިފިއެވެ.
އެސްޓީއޯއިން ބުނީ ދިވެހި ސަރުކާރުން ލަންކާގެ ރައްޔިތުންނަށް ހަދިޔާ ކުރާ މަސްދަޅު ކޭސްތައް ހިފައިގެން ލަންކާއަށް ދިޔައީ މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްއެސްގެ އާގު ބޯޓު "ގަލޭނާ" ކަމަށެވެ.
ދިވެހި ރައްޔިތުންގެ ފަރާތުން ދިވެހި ސަރުކާރުން ހަދިޔާ ކުރީ 25،000 މަސްދަޅު ކޭހެވެ. މި މަސްދަޅު ކޭސްތައް ގެންގޮސްފައި ވަނީ 14 ކޮންޓެއިނާގައި ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
މަސްދަޅުގެ އިތުރުން ދިވެހި ސަރުކާރުން ވަނީ 25،000 ޑޮލަރު ވެސް ސްރީލަންކާއަށް ހަދިޔާކޮށްފައެވެ.
މީގެއިތުރުން ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގި "ސިލޯނާއެކު ދިވެހީން" ޓެލެތޯންއިން ވެސް 8 ލައްކައަށްވުރެ ގިނަ ޑޮލަރު ވަނީ ސްރީލަންކާގައި ޙާލުގައި ޖެހުނު ފަރާތްތަކަށް ހަދިޔާކުރުމަށް ދިވެހި ޚާރިޖިއްޔާއާއި ހަވާލުކޮށްފައެވެ.
ތޫފާން ދިތުވާގެ ސަބަބުން ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ކުރިމަތިވި ހާދިސާތަކުގައި ސްރީލަންކާއިން 400 ވަރަކަށް މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. މީގެއިތުރުން 204،000 މީހުންގެ ގެދޮރު ގެއްލިފައިވާއިރު، 1.3 މިލިއަން މީހުނަށް ވަނީ މި ތޫފާނުގެ އަސަރުކޮށްފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދިވެހިންގެ އެހީތެރިކަމަށް ލަންކާގެ ރައީސް ޝުކުރު އަދާކުރައްވައިފި2025 ޑިސެމްބަރު 03
ލަންކާގެ ޝުކުރު ދިވެހީންނަށް: "އަހަރުމެން އެހީއަށް ޖެހުނު ވަގުތު އެ މީހުން މި ދިން އެހީތެރިކަން، ދުވަހަކު ވެސް ހަނދާން ނުނެތޭނެ"2025 ޑިސެމްބަރު 02
އަސާސީ ކާބޯތަކެތި ވިއްކަން އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް މާލޭގެ ބާޒާރުމަތީގައި ހުޅުވައިފި2025 ޑިސެމްބަރު 02
ފުރަތަމަ ރަސްމީ ދަތުރުގައި ކޯސްޓްގާޑު ޝިޕް ހުރަވީ ސްރީލަންކާއަށް ހިނގައްޖެ2025 ޑިސެމްބަރު 01