
ހުޅުމާލެ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި
ހުޅުމާލެ ރަށު މާރުކެޓުން ފަސް ގޮޅިއެއް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާންކޮށްފި އެވެ.
އެޗްޑީސީގެ އިއުލާނުގައި ބުނީ ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުރި ގޮޅިތައް ލިބޭ މީހުން ކަނޑައަޅާނީ ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރު ނަގައިގެން ކަމަށެވެ.
އެޗްޑީސީން ބުނި ގޮތުގައި ދެ އަހަރަށް ދޫކުރާ އެ ގޮޅިތަކަކީ 73.33 އަކަފޫޓުގެ ތަންތަނެވެ.
ގޮޅިއަށް މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކަން ޖެހޭއިރު ލީސް ޑިޕޮސިޓްގެ ގޮތުގައި 22،500ރ. ދައްކަންޖެހެ އެވެ.
އެ ކުންފުނިން ބުނީ ހުޅުމާލެ ގޮޅިތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 23 ވަނަ ދުވަހުގެ 15:30 ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރު ނެގުން އޮންނާނީ އޮކްޓޫބަރު 16 ވަނަ ދުވަހުގެ ހެނދުނު އެވެ. ގޮޅިތައް ކުއްޔަށް ހިފަން އެދޭ މީހުން ހުށަހަޅަން ޖެހޭ ފޯމު އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ. އެ ފޯމް ބަލައިގަންނާނީ ހަމައެކަނި އީމެއިލް އިންނެވެ. މެއިލް ކުރާނީ sales@hdc.mv އަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހުޅުމާލޭގައި ޤާއިމްކުރާ ބައިނަލްއަޤުވާމީ އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތް ބާރަށް ކުރިއަށް!2026 ޖެނުއަރީ 31
ހުޅުމާލެ ފަޅުތެރޭގައި ކުރާ ފައިބަރުގެ މަސައްކަތް ހުއްޓާލަން މުއްދަތު ދީފި2026 ޖެނުއަރީ 15
ހުޅުމާލެ އަކީ ހަމައެކަނި މާލެ މީހުންގެ ތަނެއްތަ ؟ 2025 ޑިސެމްބަރު 23
ބޭނުން ނުކޮށް ދޫކޮށްލާފައި ހުރި 787 އުޅަނދެއް ހުޅުމާލެއިން ޓޯކޮށްފި2025 ޑިސެމްބަރު 12