logo
logo
ހުޅުމާލެ އަކީ ހަމައެކަނި މާލެ މީހުންގެ ތަނެއްތަ ؟

ހުޅުމާލެ އަކީ ހަމައެކަނި މާލެ މީހުންގެ ތަނެއްތަ ؟

2025 ޑިސެމްބަރު 23
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މިއީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ހުޅުމާލޭގެ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލު ކުރެވުމަށް ބޭއްވި ހާއްސަ ބައްދަލުވުމުގައި ވާހަކަ ދެއްކި ރައްޔިތަކު ފާހަގަ ކުރެއްވި މުހިންމު އެއް ކަންބޮޑުވުމެވެ. ހުޅުމާލެ އަކީ ހަމައެކަނި މާލޭ ރައްޔިތުންގެ ތަނެއް ހެއްޔެވެ؟ ހުޅުމާލެއިން ހިލޭ ގޯތި ލިބެންޖެހެނީ މާލޭގެ ރައްޔިތުންނަށް އެކަނި ހެއްޔެވެ؟

ހުޅުމާލެ ހުޅުމާލެއަކަށް ހެދީ ހުރިހާ ރައްޔިތުންގެ ފައިސާއިން !

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ސަރުކާރުންނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. އެހެންނަމަވެސް ފާއިތުވެދިޔަ 20 ވަރަކަށް އަހަރުތެރޭގައި ސަރުކާރުތަކުން އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވަނީ ހުޅުމާލެ އަށެވެ. ރާއްޖޭގެ އެހެންހުރިހާ ރަށަކަށް ހަރަދުނުކުރާ ވަރަށް ހުޅުމާލެއަށް ހަރަދުކުރއޭ ބުނުމަކުން ދޮގަކަށް ވެސް ނުވާނެއެވެ. އެންމެ ފުރަތަމަ ކަމަކަށް ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ފޭސް 3 ހިއްކާފައި އެވަނީ އަދި ހިއްކަމުން އެދަނީ ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. ބޮޑަތި މަޝްރޫއުތައް ހިންގާ ތަރައްގީ ކުރަމުން އެގެންދަނީ ހުރިހާ ރައްޔިތުންގް ޓެކްސް ފައިސާއިންނެވެ. މިހުރިހާ ކަމަކާ ގުޅިގެން ހުޅުމާލެ ވެފައި މިއޮތީ ރާއްޖޭގެ އެންމެ "ވެލިއުބަލް ލޭންޑް" ނުވަތަ އެންމެ އަގު ހުރި ބިމަށެވެ. ކަން މިހެން އޮއްވައި ތިމާ ވަކި ރަށަކަށް އުފަންވީތީ ގައުމުގެ އެންމެ އަގު ބޮޑު ބިމުން ހިލޭ ބިންލިބޭގޮތްވުން މިއީ އިންސާފެއް ހެއްޔެވެ؟

ރާއްޖޭގެ އެހެން ސަރަހައްދަތުތައް ހުޅުމާލެ އާއި އެއްވަރަށް ތަރައްގީ ނުވުން އެއީ ރައްޔިތުންގެ މައްސަލައެއް ނޫނެވެ !

" ކަލޭމެން ގޯތި ބޭނުންފަހުން އަމިއްލަ ރަށަށް ދާށެވެ. ކަލޭމެންގެ ރަށަށް އަހަރެމެން އެބަދަން ހެއްޔެވެ؟"  މިއީ ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. ގިނަ ފަހަރު މިބަސް ރައްދުވަނީ މާލެ ސަރަހައްދު ނޫން ސަރަހައްދުތަކަށް ނިސްބަތްވާ ރައްޔިތުންނާ ދިމާލަށެވެ. މިއަޑު އިވުމުން އަޅުގަނޑު ހިތުގައި އުފެދުނީ އެހެން ސުވާލުތަކެކެވެ. އެބުނާ "ރާއްޖެތެރޭމީހުން" ގެ ރަށް ހުޅުމާލެ އާއި އެއްފެންވަރަށް ތަރައްގީ ނުކުރުމަކީ އެމީހުންގެ މައްސަލައެއްހެއްޔެވެ؟ ރަނގަޅު ބޭސް ފަރުވާއެއް ރަނގަޅު ތައުލީމެއް އެރަށްރަށުން  ނުލިބުމަކީ އެމީހުންގެ މައްސަލައެއް ހެއްޔެވެ؟ ރަމނަގޅު ހިދުމަތެއް ބޭނުންފަހުން މާލެ އަންނަން ޖެހޭގޮތަށް މިފާއިތުވެދިޔަ ތަނުގައި ކަންކަން ތަރުތީބުވެފައި އޮތުމަކީ އެމީހުމްހެ މައްސަލައެއް ހެއްޔެވެ؟ ރަނގަޅުވާހަކައެކެވެ. ރާއްޖޭގެ ހުރިހާ ރަށެއް ހުޅުމާލެ އާއި އެއްވަރަށް ތަރައްގީ ކުރުމަކީ ބޮޑު މާލީ ބުރައެކެވެ. އަދި އެއީ "ފީޒިބަލް" ކަމަކަކަށް ވެސް ނުވާނެއެވެ. އެހެންނަމަވެސް އެތައް ސަރުކާރެއް ފާއިތުވެގެންދިޔައިރު ހުރިހާ އަތޮޅަކުން ޕާސްޕޯޓް އަދި އައިޑީކާޑު ހެއްދޭނެ މަގު ފަހިވީ މިއަހަރުއެވެ. ދިރިއުޅޭ ރަށުން ފައިސާ ނަގާލެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައީ މިއަހަރުއެވެ. މި ދައްކަނީ ބޮޑަތި އިންވެސްޓްމެންޓްތަކުގެ ވާހަކައެއް ނޫނެވެ. މިފަދަ ހިދުމަތްތައް ސަރުކާރުން 2025 ވަނަ އަހަރު ހިންގަން ޖެހުމުން ފާއިތުވެދިޔަ ސަރުކާރުތަކުން އިހުމާލުވެފައިވާ މިންވަރު ވަރަށް ސާފެވެ. އެކަންކަން މީގެ ކުރިން ނުވީ ކީއްވެހެއްޔެވެ؟

"ރާއްޖެތެރޭ މީހުން" - މި ނަސްލީ ތަފާތުކުރުން ހުއްޓާލަން ޖެހޭ !

އަހަރެމެން ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަކީވެސް އެއްބައެކެވެ. ދިވެހީންނެވެ. ވަކި ރަށަކަށް އުފަންވީތީ "ބޭފުޅަކަށް" ވެފައި ވަކި ރަށަކަށް އުފަންވީތީ ދެރަމީހަކަށް ވެގެން ނުވާނެއެވެ. ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވީތީ އެމީހަކީ ވަރަށް އާދާގެ މީހެއްގެ ގޮތުގައި ދެކުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ހިދުމަތްތަކާ ފުރުސަތުތައް ލިބުމުގައި ހަމަހަމަ ވާންވާނެއެވެ. އެއީވެސް މިއީ ވެސް ހަމަ ދިވެހި ދަރީންނެވެ. އެގޮތަށް ދެކި ބަޔަކު ދަށްކޮށްލުމަކީ ނަސްލީ ތަފާތު ކުރުމެކެވެ. އަހަރެމެން އެންމެންނަކީ ވެސް ރާއްޖެތެރޭ މީހުންނެވެ. މާލެ އަކީ ވެސް ރާއްޖޭގެ ރަށެކެވެ. މާލެ ރައްޔިތުންނަކީ ވެސް އެހެން ރައްޔިތުންނެކޭވެސް އެއްފަދައިން ރާއްޖެތެރޭ މީހުންނެވެ.

މިއީ އަޅުގަނޑުގެ ހިޔާލެވެ. ތަފާތު ކުރުން ނައްތާލަން އެބަޖެހެއެވެ. ހުޅުމާލެއިންވެސް ހުރިހާ ރައޔިތުންނަށް ހަމަހަމަ ފުރުސަތުތައް ލިބެންޖެހެއެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުގައި ހުރިހާ ރައްޔިތުންގެ ފައިސާއިން ހިއްކާ ތަރައްގީކުރާ ބިންތަކުންވެސް ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތައް ފަހިވާން ވާނެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް