ޚަބަރު
ހުޅުމާލޭގެ ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ
މުހައްމަދު ރިފާއު2026 ޖޫން 23
ހުޅުމާލެ ފޭސް 2 ގެ ފްލެޓެއްގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ "އަމާން ދޯދި 5" ގަ އެވެ. އެ ފްލެޓްގެ ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ 23:14 އެހައިކަންހާއިރު އެވެ.
ވެއްޓުނު ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެ ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
އިތުރަށް

ހުޅުމާލެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ބަލަންފަށައިފި
20 ޖުލައި 2026

ނިޔާވެފައި އޮތް މީހަކު ހުޅުމާލެ ގެސްޓް ހައުސްއަކުން ފެނިއްޖެ
17 ޖުލައި 2026

ހުޅުމާލޭން ހިލޭ ގޯތި ދިނުމުން އެޗްޑީސީ އަށް 15 ބިލިއަން ރުފިޔާ ގެއްލުން: އޮޑިޓް ރިޕޯޓް
18 މޭ 2026

ހުޅުމާލޭގައި ޤާއިމްކުރާ ބައިނަލްއަޤުވާމީ އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތް ބާރަށް ކުރިއަށް!
31 ޖެނުއަރީ 2026

.gif.gif&w=828&q=100)