ހުޅުމާލޭގައި ޤާއިމްކުރާ ބައިނަލްއަޤުވާމީ އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތް ބާރަށް ކުރިއަށް!

ހުޅުމާލޭގައި ޤާއިމްކުރާ ބައިނަލްއަޤުވާމީ އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ ހުޅުމާލޭގައި ޤާއިމްކުރަމުން އަންނަ ބައިނަލްއަޤުވާމީ އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާ ގޮތް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިއަދު ބައްލަވާލައްވާފައިވާ ކަމަށެވެ.
މި އިމާރާތް ބިނާ ކުރަމުން އަންނަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތާއި ޖެހިގެން އޮންނަ ބިމުގައެވެ.
މި އެކުއެޓިކް ކޮމްޕްލެކްސްގައި މިވަގުތު ކުރިއަށްދަނީ މައި ޕޫލް ރޭވުމުގެ މަސައްކަތް ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޤާއިމްކުރާ މި ކޮމްޕްލެކްސްގައި ފެތުމަށް ހާއްސަ ޕޫލަކާއި، ޑައިވް ޕޫލެއްގެ އިތުރުން، 1200 މީހުންނަށް ކުޅިބަލަންތިބެވޭނެ އިންތިޒާމްތައްވެސް ހުންނާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ބުންޏެވެ.
ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ކުޅިވަރާއި ދުޅަހެޔޮކަމަށް ދެއްވާ އިސްކަމުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
