
ބޭނުން ނުކޮށް ދޫކޮށްލާފައި ހުރި 787 އުޅަނދެއް ހުޅުމާލެއިން ޓޯކޮށްފި
ޒައުޖަތު އަޙުމަދުބޭނުން ނުކޮށް ދޫކޮށްލާފައި ހުރި 787 އުޅަނދެއް ހުޅުމާލެއިން ޓޯކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމަށް ކުރި މަސައްކަތުގައި ހުޅުމާލެ ފޭސް 1 އަދި 2 އިން ޖުމްލަ 787 އުޅަނދެއް ޓޯކޮށްފައިވާ ކަމަށެވެ.
މި މަސައްކަތަކީ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހުގެ 07:00 އިން 2025 ޑިސެންބަރު 11 ވަނަ ދުވަހުގެ 20:00 އަށް ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
ފުލުހުން ވަނީ މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވައި މަސައްކަތުގައި ބައިވެރިވެލެއްވި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކަށް ޝުކުރު އަދާކޮށްފައެވެ.
ފުލުހުން ބުނީ މި މަސައްކަތުގެ ސަބަބުން ހުޅުމާލެ މަގުތަކަށް އައިސްފައިވާ ހިތްފަސޭކަމާއި ފަސޭހަކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަމީން މިއާގެ މަރު- ހައިމާކު ދުއްވަން އިން މީހާ ހައްޔަރުކޮށްފި2026 ފެބްރުއަރީ 01
ސައްޙަ ނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި2026 ފެބްރުއަރީ 01
ހުޅުމާލޭގައި ޤާއިމްކުރާ ބައިނަލްއަޤުވާމީ އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތް ބާރަށް ކުރިއަށް!2026 ޖެނުއަރީ 31
ގެއްލިގެން ހޯދި ޢަބްދުލް ޢަޒީޒު ހުރީ ތިލަފުށީގައި!2026 ޖެނުއަރީ 28