logo
logo
ކަނޑުގެ ވަސީލަތްތައް ރިސާޗްކުރުމަށް ޗައިނާގެ ރިސާޗް އިންސްޓިޓިއުޓަކާއެކު ސޮއިކޮށްފި

ކަނޑުގެ ވަސީލަތްތައް ރިސާޗްކުރުމަށް ޗައިނާގެ ރިސާޗް އިންސްޓިޓިއުޓަކާއެކު ސޮއިކޮށްފި

2025 ސެޕްޓެމްބަރު 09
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ރިސާޗްކުރުމަށް ޗައިނާގެ ރިސާޗް އިންސްޓިޓިއުޓަކާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމްނާމާގައި ސޮއިކޮށްފައި ވަނީ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓާއި، ޗައިނާގެ ފުޖިއަން ފިޝަރީޒް ރިސަރޗް އިންސްޓިޓިއުޓާ ދެމެދުގައި ކަމަށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ބުންޏެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކުރުމަށް ދިރާސާކުރުމާއި އެކުއާކަލްޗަރ ދާއިރާ ކުރިއެކުރުވުމުގެ އެހެނިހެން ދިރާސާ އަދި ކަނޑުގެ މާހައުލާ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ގުޅުންހުރި ދިރާސާކުރުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

 



މި ފަހުމުނާމާ އަކީ ދެމެހެއްޓެނިވިގޮތެއްގައި ކަނޑާއި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމަށް ދިވެހިރާއްޖެއާއި ޗައިނާއިން ދޭ ޚާއްޞަ ސަމާލުކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެކެވެ.

މީގެއިތުރުން، މި އެއްބަސްވުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެކުއަކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް އެޅޭ އިތުރު ހަރުދަނާ ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ޢިލްމީ އަދި ޓެކްނިކަލް ގުޅުން އިތުރަށް ބަދަހިވެ، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން އުންމީދުކުރެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް