logo
logo
ރައީސްގެ ވަޢުދާއި އެއްގޮތަށް، ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދީފި!

ރައީސްގެ ވަޢުދާއި އެއްގޮތަށް، ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދީފި!

2025 އޮކްޓޯބަރު 31
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދެއްވައިފިއެވެ.

މި ހުއްދަ ދެއްވާފައި ވަނީ މި ފެށޭ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ކަށިިޔަރުގެ މަސްވެރިކަން ހުއްދަ ކުރައްވާފައި މިވަނީ ކަށިމިޔަރުގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމުގެ ޤަވާޢިދުގެ ދަށުންނެވެ. މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން އެކުލަވާލާފައިވާ މި ޤަވާޢިދު މިއަދު ވަނީ ސަރުކާރުގެ ގެޒެޓްގައި އާންމު ކޮށްފައެވެ. މި ޤަވާޢީދު އެކުލަވާލާފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެދަށުންނެވެ.

މި ޤަވާޢިދުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި، ކަށިމިޔަރުގެ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތައް ރާވާ ހިންގާ ބެލެހެއްޓުމުގެ އުޞޫލުތައް ބަޔާންކުރުން ކަމަށް އެ ޤަވާޢިދުގައި ބުނެފައިވެއެވެ.

މި ޤަވާޢިދުގައިވާ ގޮތުން ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލަންޖެހެއެވެ.

މީގެއިތުރުން މި ޤައާޢިދުގައިވާ ގޮތުން ކަށިމިޔަރުގެ މަސްވެރިކަން ކުރަން، އެކަމަށްޓަކައި މަސްވެރިކަމާބެހޭ ވުޒާރާއިން ދޫކުރާ ލައިސަންސް ބޭނުންވެއެވެ.

ކަށިމިޔަރުގެ މަސްވެރިކަމުގެ ޙަރަކާތްތައް ހިންގޭނީ އަތޮޅު ދުނިން ބޭރު ސަރަޙައްދުގައި ކަމަށް ވެސް އެ ޤަވާޢިދުގައި ބުނެފައިވެއެވެ.

އިޤްތިޞާދީ ނަފާ ލިބޭ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި މަނާކޮށްފައި އޮންނަތާ 15 އަހަރު ވެފައިވާއިރު، އެކަމުގެ ހުއްދަ ދިނުމަށް ގިނަ ބަޔަކު ގޮވާލަމުން އަންނަތާ ގިނަ އަހަރުތަކެއް ވެފައިވާކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް