ރާއްޖެއިން ލަންކާ ބަލިކޮށްފި

ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރި ފުރަތަމަ މެޗު ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.
ލަންކާގެ ރޭސްކޯސް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ލަނޑުންނެވެ.
ފުރަތަމަ ހާފްގެ 27 ވަނަ މިނިޓްގައި ނާއިޒު ހަސަން ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއިއެކު ރާއްޖޭން ވަނީ ލީޑު ނަގާފައެވެ.
ރާއްޖޭގެ ލީޑު ފުޅާކުރީ މެޗުގެ 34 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އެހެންނަމަވެސް މެޗުގެ ދެވަނަ ހާފް ފަށައިގެން ލަންކާއިން ވަނީ ރާއްޖޭގެ ގޯލަށް ގާތްގާތުގައި ހަމަލާތައް އަމާޒުކޮށްފައެވެ. އަދި މެޗުގެ 61 ވަނަ މިނިޓްގައި ލަންކާއަށް ލިބުނު ޕެނަލްޓީއަކުން ތާޕަރަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް ފަހުން ރެފްރީ ނިންމާފައިވަނީ އެއީ ގޯލެއް ނޫން ކަމަަށެވެ.
މި މެޗުގައި ރާއްޖޭގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 91 ވަނަ މިނެޓުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ އިލާންގެ އެސިސްޓަކުން އަލީ ފާސިރު (ސެންޓޭ)އެވެ.
އިތުރަށް





.gif.gif&w=828&q=100)