logo
logo
ލަންކާގެ ޝުކުރު ދިވެހީންނަށް: "އަހަރުމެން އެހީއަށް ޖެހުނު ވަގުތު އެ މީހުން މި ދިން އެހީތެރިކަން، ދުވަހަކު ވެސް ހަނދާން ނުނެތޭނެ"

ލަންކާގެ ޝުކުރު ދިވެހީންނަށް: "އަހަރުމެން އެހީއަށް ޖެހުނު ވަގުތު އެ މީހުން މި ދިން އެހީތެރިކަން، ދުވަހަކު ވެސް ހަނދާން ނުނެތޭނެ"

2025 ޑިސެމްބަރު 02
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އެކުވެރި ސްރީލަންކާއަށް އެރި ތޫފާން ޑިޓްވާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ރައްޔިތުން ފަރާތުން ދިން އެހީތެރިކަމަށް ލަންކާގެ ރައްޔިތުންގެ ޝުކުރު ބަންޑުން ކޮއްލައިފިއެވެ.

ލަނކާގެ ރައްޔިތަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވާގޮތުން މާދުރު ރަށެއްގައިވި ބައެއްގެ ހިތުގައި، ބީރައްޓެހި ބަޔަކަށް މިހާ ކުލުނު އޮވެދާނެ ކަމަކަށް އެ މީހުން ހިޔެއް ވެސް ނުކުރެ އެވެ.

ކާރިސާ ހިނގައިގެން އުޅޭ ގައުމުގައި އެކަމާ ގުޅޭގޮތުން އަމިއްލަ ކެމްޕޭނެއްހާ ހިސާބު ވެސް ނެތް އިރު، ރާއްޖޭގެ ރިސޯޓުތަކާއި ސްކޫލުތަކާއި އޮފީސްތަކުގައި ދައުރުވަނީ 'ސިލޯނާއެކު ދިވެހިން'ގެ ހޭޝްޓެގް ކަމަށް ބުންޏެވެ.

އޭނާ އިތުރަށް ބުނީ އިންސާނިއްޔަތުކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިން އުޅެނީ، އެ މީހުންގެ އަމިއްލަ ގައުމުގެ މީހުންނަށް ވުރެ އެތައް މޭލެއް ކުރީގައި ކަމަށެވެ.

'އެއް ދުވަހުން، ރާއްޖޭން އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ، އެ މީހުންނާ މެދު ހަމަ މިހެން އަމަލު ކުރާށެވެ. އަހަރުމެންގެ އަތުގައި އޮތް އެއްޗެއް އެ މީހުންނަށް ދޭށެވެ،" ސްޓޭޓަސްގައި އޭނާ ލިޔުނެވެ.

fe1f9373-4cd9-4be8-965e-3639f915b909.webp

މިގެ އިތުރުން ލަންކާގެ އެހެން މީހަކު ސޯޝަލް މީޑިއާގައި ޝުއޫރުފާޅު ކުރަމުން ބުނިގޮތުގައި ބޮޑެތި ގައުމުތަކަށް ވުރެ، އެންމެ ފަސްލައްކައެއްހާ މީހުން އުޅޭ ރާއްޖޭން ދެއްކި މިސާލު މާ ފުރިހަމަ އެވެ. 

ގާތްގަނޑަކަށް އެންމެ ދުވަހެއްގެ ތެރޭގައި 600،000 ޑޮލަރު ނުވަތަ 184 މިލިޔަން ރުޕީސް އެއްކޮށް، ދިވެހިން ދެއްކި އެއްބައިވަންތަ ކަމަކީ ދުލުން ބަޔާން ކުރެވޭނެ ފަދަ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެން އެހީއަށް ޖެހުނު ވަގުތު އެ މީހުން މި ދިން އެހީތެރިކަން، ދުވަހަކު ވެސް ހަނދާން ނައްތާލައިެން ނުވާނެ އެވެ،" އޭނާ ލިޔުނެވެ.

ލަންކާއަށް އެހީވުމަށް ހިންގި ޓެލެތޯނުގައި މިހާތަނަށް 11 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ދިވެހިންގެ އެހީތެރިކަން އެ މީހުން ބަލައިގަތީ ހެޔޮހިތަކާއެކު އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް