
ގޭންގު އަދި ނުރައްކާތެރި ކުށްތަކުގެ އައު ޤާނޫނުގެ ދަށުން ބަޔަކު ހައްޔަރުކޮށްފި
ޒައުޖަތު އަޙުމަދުގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް މިދިޔަ މަހު އަމަލުކުރަން ފެށި އައު ޤާނޫނުގެ ދަށުން، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
މި ޤާނޫނުގެދަށުން މާލެއިން ހައްޔަރުކުރި މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ އަމުރުގައިވާ ގޮތުން އެ މީހުން ހައްޔަރުކުރީ ދެ ވަޅި ގެންގުޅުމުގެ ތުހުމަތުގައެވެ.
އެ ތިން މީހުންގެ ތެރެއިން އެކަކުގެ ބަންދަށް 30 ދުވަސް އަދި ދެން ތިބި ދެ މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އައު ޤާނޫނުގައި، ގޭންގުތަކާއި ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތަކަށް ބޮޑެތި އަދަބު ދީ އަދި ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހިމަނާފައިވެއެވެ. މި ޤާނޫނުގެދަށުން 18 އަހަރު ނުފުރޭ ކުއްޖަކަށް ވަޅި ވިއްކުމަކީ ވެސް މަނާކަމެކެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޖަލު ހެދުމުގައި ކޯޓަށް ދާން ބައްސާމު ދެކޮޅުހަދައިފި!2025 ނޮވެމްބަރު 16
ބައްސާމް 4 އަހަރަށް ޖަލަށް، އެކައުންޓަށް މަހަކު 34 ހާސް ޑޮލަރު ޖަމާވަމުން ދިޔަކަން ހާމަވެއްޖެ2025 އޮކްޓޯބަރު 09
ރޭގެ މުޒާހަރާއިން ހައްޔަރުކުރި ގިނަ މީހުނަށް އިތުރު މުއްދަތު ޖަހައިފި2025 އޮކްޓޯބަރު 04
ރިޝްވަތުގެ 2 ދަޢުވާ ސާބިތުވެ، މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ 12 އަހަރަށް ޖަލަށްލާން ޙުކުްމްކޮށްފި2025 ސެޕްޓެމްބަރު 29