logologologologo
STO
ޚަބަރު

ޝައިޚް ޢިމްރާނުގެ ޢަދާލަތު ޕާޓީގެ ވެބްސައިޓުގައި ޖުވާ ޕްރޮމޯޓްކޮށްފައި ހުރި ޕޯސްޓެއް؟

ޝައިޚް ޢިމްރާނުގެ ޢަދާލަތު ޕާޓީގެ ވެބްސައިޓުގައި ޖުވާ ޕްރޮމޯޓްކޮށްފައި ހުރި ޕޯސްޓެއް؟
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ސެޕްޓެމްބަރު 02

ކުރީގެ ދާޚިލީ ވަޒީރު ޝައިޚް ޢިމްރާނު ޢަބްދުﷲ ރައީސްކަން ކުރައްވާ ޢަދާލަތު ޕާޓީގެ ވެބްސައިޓުން ޖުވާ ކުޅުން ޕްރޮމޯޓު ކުރާ ޕޯސްޓެއް ކޮށްފައި ހުރި ފޮޓޯއެއް ސޯޝަލްމީޑިއާގައި ފެންމަތިވެއްޖެއެވެ.

ޢަދާލަތު ޕާޓީގެ ވެބްސައިޓުގައި އިނގިރޭސި ބަހުން ހުރި އެ ޕޯސްޓުގައި ވަނީ ޖުވާގެ ބާވަތެއް ކަމުގައިވާ ޕްލިންކޯ ގޭމްބްލިން ޕްރޮމޯޓުކޮށްފައެވެ.

ޕްލިންކޯ ގޭމްބްލިންއަކީ ޗާންސުގެ މައްޗަށް ކުޅޭ ޖުވާއެކެވެ.

"ޕްލިންކޯގެ ޖުވާ ކުޅުމުގެ ހަލަބޮލި ދުނިޔޭގައި ދަތުރު ކުރާއިރު، ފުރުޞަތުގެ ފޮނިމީރުކަން ތަޖުރިބާ ކުރާށެވެ." މިފަދައިން ލިޔުމަށްފަހު ވަނީ އެ ގޭމާ ގުޅޭ ގޮތުން ދަސްކުރަންވީ މުހިއްމު ކަންކަން ބުނެދީފައެވެ.

އެގޮތުން ބުނެދީފައި ވަނީ ޕްލިންކޯ ގޭމްބުލިންގެ ބޭސިކް ދަސްކުރުން، ޕްލިންކޯ ބޯޑަކީ ކޮބައިކަމާ ޕްލިންކޯ ގޭމުގެ ވައްތަރުތަކާއި އެ ގޭމުގައި ޗާންސުގެ ރޯލާއި އެ ގޭމު ރަނގަޅަށް ކުޅޭނެ ސްޓްރެޓެޖީތައް ހިމެނޭ ލިންކުތައް ޝެއާކޮށްފައިވެއެވެ.

ނަމަވެސް މިހާރު އެ ވެބްސައިޓުގައި ވަނީ "މެއިންޓެނަންސް މޯޑު އޮން" ކޮށްފައިވާ ކަމަށް އަރުވައިފައެވެ.

ނޯޓު: އިސްލާމީ ޝަރީޢަތުގައި ޖުވާ ކުޅުމަކީ ހުއްދަ ކަމެއް ނޫނެވެ. އިސްލާމް ދީނުގައި ޖުވާ ކުޅުމަކީ ޙަރާމް ކަމެކެވެ. އެހެންކަމުން މިފަދަ ޙަރާމް ކަންކަމުން ދުރުހެލި ވުމަށް ނަސޭޙަތްތެރިވަމެވެ.

 

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް