
ބެލްޖިއަމުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނީ
މި މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި ބެލްޖިއަމުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކޮށްފި އެވެ.
ބެލްޖިއަމްގެ ފޮރިން މިނިސްޓަރު މެކްސިމް ޕްރެވޯޓް ބުނި ގޮތުގައި ބެލްޖިއަމުން އިސްރާއީލާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށާއި އޭގެ ތެރޭގައި ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވައިދާ ހިލާފަށް ވަޒަންވެރިވެފައިވާ އިސްރާއީލުގެ މީހުން އަތުން މުދާ އެތެރެކުރުން މަނާކުރުމާއި އިސްރާއީލުގެ ކުންފުނިތަކާއި އެކު ހެދިފައިވާ ޕަބްލިކް ޕްރޮކިއުމަންޓް ޕޮލިސީތައް އަލުން އެސެސްކުރުން ހިމެނޭ ކަމަށެވެ.
މިދިޔަ ޖުލައި މަހު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވެސް ވަނީ ފަލަސްތީނުގެ ދައުލަތެއް ފްރާންސުން ބަލައިގަންނާނެ ކަމަށް އިއުލާނުކުރައްވައިފަ އެވެ.
މީގެ އިތުރުން އޮސްޓްރޭލިއާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކޮށްފަ އެވެ. ކެނެޑާއިން ވެސް މިގޮތަށް ނިންމާފައި ވާއިރު އިނގިރޭސި ވިލާތުން ވަނީ ޣައްޒާގައި އިޒްރޭލުން ހަމަލާތައް ހުއްޓާނުލައިފި ނަމަ އެ ގައުމުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ބުނެފަ އެވެ.
ޔޫރަޕްގެ ބާރުގަދަ ބައެއް ގައުމުތަކުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކޮށްފައި ވާއިރު އދ.ގެ 193 މެންބަރުންގެ ތެރެއިން 147 ގައުމަކުން ފަލަސްތީނުގެ ދައުލަތް މިހާރު ގަބޫލުކުރެ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހަމަލާތައް ހުއްޓާލަން ހަމާސް އާއި އިޒްރޭލު އެއްބަސްވެއްޖެ2025 އޮކްޓޯބަރު 09
ސުމޫދު ފްލޮޓީލާއަށް އިސްރާއީލުން ހުރަސްއެޅުން ރައީސް ކުށްވެރިކުރައްވަައިފި2025 އޮކްޓޯބަރު 02
ގްލޯބަލް ސުމުދު ފްލޮޓިލާގެ އުޅަނދުތައް ރަތް ރޮނގު ހުރަސްކޮށްފި2025 އޮކްޓޯބަރު 01
ޣައްޒާގައި ވަކި ވެރިކަމެއް ހިންގަން އިޒްރޭލުން ނިންމުން ރައީސް ކުށްވެރިކުރައްވައިފި2025 އޯގަސްޓު 08