
ޣައްޒާގައި ވަކި ވެރިކަމެއް ހިންގަން އިޒްރޭލުން ނިންމުން ރައީސް ކުށްވެރިކުރައްވައިފި
ޣައްޒާ އެއްކޮށް އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށް އިޒްރޭލުގެ ކެބިނެޓުން ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކަން ކުށްވެރިކުރައްވައިފި އެވެ.
މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޔަހޫދީން ފަލަސްޠީނުގައި ހިންގާ ޤަތުލުޢާންމަކީ ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނުތަކާއި ހަމަތަކާ ޚިލާފަށް ހިންގާ ޢަމަލުތަކެއް ކަމަށެވެ. އަދި އެ ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއެޅިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އިޒްރޭލުގެ އެ ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ހާލުގައި ޖެހި އަދި އެ ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަން ވެސް އިތުރަށް ގެއްލޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޣައްޒާ އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުން ރާއްޖެއިން ބަލައިނުގަންނާނެ ކަމަށާއި ދިވެހިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ ކަމަށް ރައީސް ޔަގީންކަން ދެއްވި އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!2026 ޖެނުއަރީ 27
ފަތިސް ނަމާދުން ދުވަސް ފެށުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސް އިލްތިމާސްކުރައްވައިފި2026 ޖެނުއަރީ 27