
މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށައިފި: ފުރަތަމަ ދުވަހުވެސް 6 ޓަނު މަސް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، މިފްކޯއިން ފުވައްމުލައް ސިޓީ ބަނދަރުން މަސްގަންނަން ފަށައިފިއެވެ.
ފުވައްމުލަކުން މިފްކޯއަށް މަސް ކިރަން ފެށީ އިއްޔެ ކަމަށް މިފްކޯ އިން ބުންޏެވެ.
ފުވައްމުލައް ސިޓީ ބަނދަރުން މަސްގަތުމަށްޓަކައި މިފްކޯގެ "ރަނދި 19" ބޯޓު އެސިޓީގެ ބަނދަރަށް ގެންގޮސް މަސްގަތުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މިފްކޯގެ "ރަނދި 19" ބޯޓަކީ 36 މެޓްރިކްޓަނުގެ މަސްކިރުވައި ރައްކާކުރެވޭ ޖާގައިގެ ބޯޓެެކެވެ.
މިފްކޯއިން ފުވައްމުލައް ސަރަހައްދަށް ޚާއްސަކޮށްގެން މިފެށި އޮޕަރޭޝަނާއެކު މިފްކޯއަށްކިރުވާ މަހުގެ އަދަދު އިތުވެގެންދާނެކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ. މިސަރަހައްދުގެ މަސްވެރިންނަށް ލުއިފަސޭހަކަމާއެކު މެދުނުކެނޑި މަސްކިރުވުމުގެ އިންތިޒާމު މިފްކޯގެ "ރަނދި 19" ބޯޓު ދާއިމީކޮށް ހަމަޖެހިގެންދާނެކަމަށް މިފްކޯއިން ވިދާޅުވިއެވެ.
މީގެ އިތުރުން ފުވައްމުލައް ހިމެނޭ ސަރަހައްދުގައި މަސްވެރިކަން ކުރިއެރުވުމަށްޓަކައި އެ ސިޓީގައި މަސް ޕްރޮސެސިންގ ފެސިލިޓީގެ ގާއިމްކުރުމުގެ އަމަލީ މަސައްކަތްވެސް މިހާރު މިފްކޯއިން ވަނީ ފަށާފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަމިއްލަ ކުންފުނިތަކުން ރިޖެކްޓްކުރާ ކުދި ސައިޒުގެ ކަންނެލި ވެސް މިފްކޯއިން ގަންނަންފަށައިފި!2026 ޖެނުއަރީ 21
ތާރީޚީ ބަދަލެއް، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް ސަރުކާރުން ބޮޑުކަންނެލި ގަންނަން ފަށައިފި!2026 ޖެނުއަރީ 12
48 ގަޑިއިރުތެރޭ ފަައިސާ ދޫކުރަން ފެެށިފަހުން މަސްވެރިންނަށް 900 މިލިއަން ރުފިޔާ2025 ޑިސެމްބަރު 10
ފުވައްމުލަކު ގެތަކަށް ފެން ދޫކުރަން ފަށައިފި2025 ނޮވެމްބަރު 13