
ކުމުންދޫއިން ރައީސް އަށް: ތިޔައީ ރިވެތި އަހުލަގީ ނަމޫނާ، ވެރިއެކޭ އިއްވާ ނިދާ
2023 ވަނަ އަަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ހުވާ ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އަންނަނީ ހަމަގައިމުވެސް މި ރާއްޖޭގައި ކުރީގައި ވެރިކަންކުރެއްވި ބޭފުޅުންނާ ހިލާފަށް ރައްޔިތުންނާ ގާތުން ވެރިކަން ކުރައްވަމުންނެވެ. ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސީދާ ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވާ މަންޒަރު އެބަފެނެއެވެ.
ކަންކަން ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަށް !
"ކަންކަން ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަށް" މިއީ ރައީސް މުޢިއްޒުގެ ވާހަކަފުޅުތަކުން ވަރަށް ގިނައިން އަޑުއިވެ ތަންކޮޅެކެވެ. ވާހަކަފުޅުގައި މިހެން ވިދާޅުވުންއެކަންޏެއް ނޫނެވެ. އެމަނިކުފާނު ވަޑައިގަތް ރަށްރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް އެރަށްރަށުގައި ކުރިޔަށްގެންދާ މަޝްރޫއުތަކަށް ވެސް ސަރުކާރުން ބަދަލު ގެނެސްދެއްވާތަން ފެނެއެވެ. ރައްޔިތުންގެ އަޑުއަހާ ރައްޔިތުންގެ އިހުސާސްތައް ދަނަންނަ ވެރިއެއް ނޫނީ މިފަދައިން ކަން ނުކުރައްވާނެ ކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. ސިޔާސީ ހިޔާލު ތަފާތު އެތައް ބަޔަކާ އެތައް ކައުންސިލަރުންނަކާ ބައްދަލުވާނެތާއެވެ. އެހެންނަމަވެސް ޕަޓީއަކަށް ކުލަޔަކަށް ބެލުމެއްނެތި ރައްޔިތުންނާ ގުޅޭ ކަންކަމުގައި އެމަނިކުފާނު އެވަޑައިގަންނަވަނީ ކުރިއަށެވެ.
ރައީސް، ރައްޔިތުން ގާތަަށް ވަޑައިގަތުމުންެ ރައްޔިތުން "ހެޕީ"
ދިވެހި ޖައްވުން އުދަވި ތަރިއެއް، ތިޔައީ ވިދާ
ރިވެތި އަޚުލާގީ ނަމޫނާ، ވެރިއެކޭ އިއްވާ ނިދާ
ޚިދުމަތުން ރޯޝަން ކުރައްވާ، ދީބުގައި ކުލަ ޖައްސަވާ
ޚިދުމަތަށް ޝުކުރާ ސަނާ، ތަޢުރީފުތައް ގިނަ އޮހިމިދާ
މިއީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހދ އަތޮޅު ކުމުންދޫ ރައްޔިތުން ގާތަށް ވަޑައިގަތުމުން އެރަށުގެ އިސްރަށްވެއްސަކު ރައީސްއަށް ވިދާޅުވެދެއްވި ޅެންބައިތެކެވެ. މިކަމުން އެނގިހާމަވެގެންދަނީ އެންމެ ކަމެކެވެ. ރައީސް މުޢިއްޒުގެ މަޑުމައިތިރި މިޒާޖަކީ ރައްޔިތުން ވަރަށް ބަލައިގަންނަ ކަމެއް ކަމަށާއި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު އޮތްކަމެވެ. ސިޔާސީ ވާދަވެރިން އެމަނިކުފާނުގެ އަބުރުކަތިލަން ކޮންމެ ދުވަހަކު އެތައް ވާހަކައެއް ދެއްކިނަމަވެސް އެމަނިކުފާނު އެބޭފުޅުންނަށް ރައްދުދެއްވާ ޖަދަލުކުރެއްވުމަށްވުރެ އިސްކުރައްވަނީ ރައްޔިތުންނަށް ހިދުމަތްކުރެއްވުން ކަމެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތުިހާބުގައިވެސް އެމަނިކުފާނާ ގުޅޭގޮތުން އެތައް ދޮގު ވާހަކައެއް ފެތުރިއެވެ. އެހެންނަމަވެސް ވާދަވެރިންނަށް ބަދުބަހެއް ވެސް ނުބުނެ ކެމްޕޭން ކުރެއްވުން ވެގެންދިޔައީ އެތައް ރައްތިތުންނެއްގެ ލޯބި ރައީސް މުޢިއްޒު ހޯއްދެވި އެއް ސަބަބަށެވެ.
ސިޔާސީ ބަދަލުހިފުން ނޯންނާނެކަމުގެ ޔަގީންކަން މިހާރު އެބައޮތް
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ބަދަލުހިފުމުގެ ރޫހު ނައްތައިލައްވައި ހަމަޖެހުން ރާއްޖެއަށް ގެނެންވުމަށް ވައުދުވެވަޑައިގެންނެވެ. ސިޔާސީ މީހަކަށްވީތީ ހައްޔަރުކުރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް އެކިފަހަރު މަތީން ރައީސް ވިދާޅުވެއެވެ. އެމަނިކުފާނު ހުވައިކުރައްވައިގެން ހުންނެވީ ޤާނޫނީ ވެރިކަމެއް ހިންގަވަން ޤާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ކަމަށާ ޤާނޫނާ ޚިލާފުވެގެން ޤާނޫނުގެ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަކީ އެމަނިކުފާނު ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ވެސް ވިދާޅުވެއެވެ. ނަމަވެސް އެއްވެސް މީހަކު ސިޔާސީވެގެން ނުވަތަ ސިޔާސީ މަސައްކަތެއްކޮށްގެން ހައްޔަރުކޮށް ސުވާލުކޮށް ނުހައްދަވާނެ ކަމަށް ވިދާޅުވެއެވެ. ބަހާ އަމަލާ ދިމާވެއެވެ. ޑިމޮރަސީގައި ރާއްޖެ މިކުރާ ދަތުރުގައި ސިޔާސީ ހަމަޖެހުން މިވަރަށް ގެނެސްދެއްވި ވެރިކަމެއް އަދި ދިވެހީން ދެކިފައެއް ނުވާނެއެވެ. "ސިޔާސީ ވެގެން" މީހަކު ކޯޓަކަށް ދަމާތަނެއް ނުފެނެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ހެޔޮކުރަން: ރައީސް2025 ޑިސެމްބަރު 05
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03