logo
logo
ދެ އަހަރުތެރޭ ދިރާސީ ކަލަންޑަރަށް ގެނައި ބަދަލުތަކާއެކު ޑިސެމްބަރަށް ބޮޑު ޗުއްޓީ ބަދަލުކޮށްފި!

ދެ އަހަރުތެރޭ ދިރާސީ ކަލަންޑަރަށް ގެނައި ބަދަލުތަކާއެކު ޑިސެމްބަރަށް ބޮޑު ޗުއްޓީ ބަދަލުކޮށްފި!

2025 އޯގަސްޓު 13
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ދެ އަހަރުތެރޭ ދިރާސީ ކަލަންޑަރަށް ގެނައި ބަދަލުތަކާއެކު ގިނަ ބަޔަކު ބޭނުންވި ގޮތަށް ޑިސެމްބަރަށް ބޮޑު ޗުއްޓީ ބަދަލުކޮށްފިއެވެ.

ތަޢުލީމީ ވުޒާރާއިން ވަނީ އަންނަ ދިރާސީ އައު އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރުމަހު ފެށޭ ގޮތަށް ހަމަޖެއްސުމަށްފަހު ދިރާސީ ކަލަންޑަރު ނެރެފައެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ދިރާސީ އަހަރު، މިލާދީ އަހަރުގެ މެދުތެރޭގައި ފަށާގޮތަށް ބަދަލު ގެނެސް ޖޫން/ ޖުލައިއަށް ބޮޑު ޗުއްޓީ ބަދަލުކުރައްވާފައެވެ. މި ބަދަލު ގެނެސްފައި ވަނީ 2021 ވަނަ އަހަރުއެވެ. ނަމަވެސް އެ ބަދަލަކީ ގިނަ ބަޔަކު ބަލައިގަތް ބަދަލަކަށް ނުވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެމަނިކުފާނުގެ އަރިހުގައި ގިނަ ބަޔަކު އެދުނު އެއް ކަމަކީ ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށް ދިނުމަށެވެ. އެއާއެކު ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށް ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހަށް ފަށާގޮތަށް ރައީސް މުއިއްޒު ނިންމެވިއެވެ.

2026 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 ލިބޭއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާހަމައަށެވެ.

ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާއެކު ދިރާސީ އަހަރު ފެށުން އޮގަސްޓު މަހަށް ބަދަލުކުރުމުން 1.5 ބިލިޔަން ރުފިޔާގެ ގެއްލުން ދިވެހި ދައުލަތަށް ލިބުނުކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލު ޝަފީޢު ވަނީ ވިދާޅުވެފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް