
ގައްޒާގެ ހަމަލާތަށް ވަރުގަދަކުރުމާއި ދެކޮޅަށް އިޒްރޭގައި މުޒާހަރާ ކުރަނީ
ޣައްޒާގައި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަން ފުޅާކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނާ ދެކޮޅު ހެދުމުގެ ގޮތުން އެތައް ހާސް ބަޔަކު އިސްރާއީލުގެ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފިއެވެ.
ހުކުރު ދުވަހު އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ވަނީ ޣައްޒާ ސިޓީގެ މައްޗަށް 'ސަލާމަތީ ކޮންޓްރޯލް' ނެގުމަށް ފާސްކޮށްފައެވެ.
ޣައްޒާގައި ރަހީނުކޮށްފައިވާ 50 މީހުންގެ އާއިލާގެ މެމްބަރުން ހިމެނޭ ގޮތަށް މުޒާހަރާ ކުރި މީހުން ވަނީ އެ ޕްލޭންގެ ސަބަބުން ރަހީނުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ދާނެ ކަމަށް ބުނެ އެމީހުން ސަލާމަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންގެ ނަތަންޔާހޫގެ ނިންމުމާ ދެކޮޅު ކަމުގެ އަޑުތައް އަރާފައި ވިޔަސް ނަތަންޔާހޫ ގެންދަނީ މި ނިންމުން ތަންފީޒުކުރާނެ ކަމަށް ބުނަމުންނެވެ. ފާޑުކިޔުންތައް ބޮޑުވުމުން ނަތަންޔާހޫ ބުނީ ޣައްޒާ ހިފަން ނޫޅޭ ކަމަށާއި ބޭނުމަކީ ހަމާސްގެ ބާރު ޣައްޒާއިން ނައްތާލައި "މިނިވަންކުރުން" ކަމަށެވެ.
ޣައްޒާގައި ހަމަލާ ދޭތާ 22 މަސް ދުވަސް ވެފައި ވާއިރު މިކަމުގައި ނަތަންޔާހޫއާ ދެކޮޅަށް އިޒްރޭލުގައި އެތައް މުޒާހަރާއެއް ވަނީ ކޮށްފަ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހަމަލާތައް ހުއްޓާލަން ހަމާސް އާއި އިޒްރޭލު އެއްބަސްވެއްޖެ2025 އޮކްޓޯބަރު 09
ސުމޫދު ފްލޮޓީލާއަށް އިސްރާއީލުން ހުރަސްއެޅުން ރައީސް ކުށްވެރިކުރައްވަައިފި2025 އޮކްޓޯބަރު 02
ގްލޯބަލް ސުމުދު ފްލޮޓިލާގެ އުޅަނދުތައް ރަތް ރޮނގު ހުރަސްކޮށްފި2025 އޮކްޓޯބަރު 01
އިސްރާއީލުން އިއްޔެ ޤަޠަރަށް ބޮންއެޅި، މިއަދު ޔަމަނަށް ބޮންއަޅައިފި2025 ސެޕްޓެމްބަރު 10