
އެންސިސް މަސް ފެކްޓަރީ މިފްކޯއިން ގަނެ މަސް އެކްސްޕޯޓުކުރުން ވަރުގަދަ ކުރަނީ!
ހުޅުމާލޭގައި އެންސިސް ފިޝަރީޒްއިން ހިންގަމުންއައި މަސް ފެކްޓަރީ މިފްކޯއިން ގަތުމަށް މަސައްކަތްކުރައްވާކަމަށް ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން ވިދާޅުވެއްޖެއެވެ.
މިފްކޯއިން ބުނީ މަސް ބަންދު ކުރުމުގެ އެންމެ ފަހުގެ މެޝިނަރީއާއި އާލަތްތަކާއެކު ހަދާފައިވާ ފެކްޓްރީ ދޮޅުއަހަރަށް ހުއްޓިފައި ހުރުމަށްފަހު އެތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފެށޭނެ އެވެ.
އެންސިސް މަސް ފެކްޓްރީގައި ދުވާލަކު 25 ޓަނުގެ މަސް ދަޅު އުފެއްދުމުގެ ޤާބިލްކަން ހުރެއެވެ. އަދި 1000 ޓަނުގެ އައިސް ޕްލާންޓަކާއި 1200 ޓަނުގެ ފިނިކުރި މަސް ރައްކާކުރުމުގެ ޤާބިލުކަންވެސް މި ކާރުޚާނާގައި ހުރެއެވެ. މީގެ އިތުރުން މަހުން އުކާލެވޭ ބައިތައް ބޭނުންކޮށްގެން ގަސްކާނާ ބަންދުކުރެވޭނެ ފިޝްމީލް ޕްލާންޓެއްވެސް އެ ކާރުޚާނާގައި ގާއިމުކޮށްފައިވެއެވެ.
ދުއިސައްތައެއްހާ މުވައްޒަފުންނާއެކު ހިންގަމުން އައިި އެންސިސް މަސް ކާރުޚާނާ ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ، ކުރީ ސަރުކާރުން ކަޅުބިލަމަހުގެ ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމާއެކުއެ ކުންފުންޏަށް މާލީ ގެއްލުމާއި ކުރިމަތިލާން ޖެހުމެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަމިއްލަ ކުންފުނިތަކުން ރިޖެކްޓްކުރާ ކުދި ސައިޒުގެ ކަންނެލި ވެސް މިފްކޯއިން ގަންނަންފަށައިފި!2026 ޖެނުއަރީ 21
ތާރީޚީ ބަދަލެއް، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް ސަރުކާރުން ބޮޑުކަންނެލި ގަންނަން ފަށައިފި!2026 ޖެނުއަރީ 12
48 ގަޑިއިރުތެރޭ ފަައިސާ ދޫކުރަން ފެެށިފަހުން މަސްވެރިންނަށް 900 މިލިއަން ރުފިޔާ2025 ޑިސެމްބަރު 10
މިފްކޯއިން މިހާރު ކޮންމެ ދެދުވަހުން އެއްދުވަހު މަސްވެރިންނަށް ފައިސާ ދޫކުރޭ 2025 ސެޕްޓެމްބަރު 04