މިފްކޯއިން މިހާރު ކޮންމެ ދެދުވަހުން އެއްދުވަހު މަސްވެރިންނަށް ފައިސާ ދޫކުރޭ

ދައުލަތުގެ މަސްކުންފުނި މިފްކޯއިން މިހާރު ކޮންމެ ދެދުވަހުން އެއްދުވަހު މަސްވެރިންނަށް ފައިސާ ދޫކުރާކަން އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން ދަނީ އެކުންފުންޏަށް މަސްވެރިން ކިރުވާ މަހަށް ފައިސާ ދައްކަމުންދާ ގޮތުގެ ތަފާސް ހިސާބުތައް ބަރާބަރަށް ހާމަ ކުރަމުންނެވެ.
އެގޮތުން ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު މަސްކިރުވި 29 ދޯންޏަށް ދޭންޖެހޭ 1،185،328.92 ރުފިޔާ މިއަދު ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.
ހަމައެހެންމެ މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އެ ކުންފުންޏަށް މަސްކިރުވި 25 ދޯންޏަކަށް އިއްޔެ ވަނީ ފައިސާ ދޫކޮށްފައެވެ. އެ ދޯނިތަކަށް ދޫކޮށްފައި ވަނީ 877،449.38 ރުފިޔާއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާއި ހަވާލުވިއިރު، މަސްވެރިންނަށް ގާތްގަނޑަކަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ދޭން ޖެހިފައެވެ. މި ރުފިޔާތައް ސަރުކާރުން މަސްވެރިންނަށް ދޫކޮށް ނިންމާފައިވާއިރު، މަސްވެރިންނަށް ބަރާބަރަށް ފައިސާ ދިނުމަށްޓަކައި ސަރުކާރުން ވަނީ މަސްގަންނަ އަގު 25 ރުފިޔާ އިން 20 ރުފިޔާ އަށް ދަށް ކޮށްފައެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާދިނުމަށް ރައީސް ޑރ. މުޢިއްޒު ވެފައިވާ ވަޢުދާއި އެއްގޮތަށް ފައިސާ ދޫކުރަން ފެށީ މިދިޔަ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.
އިތުރަށް





.gif.gif&w=828&q=100)
