
އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމްކުރި މީހާއަކީ ދިވެހި ރައްޔިތެއް ނޫން: އިމިގްރޭޝަން
ޒައުޖަތު އަޙުމަދުޖިންސީ ގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމްކުރި މީހާއަކީ ދިވެހި ރައްޔިތެއް ނޫން ކަމަށް މޯލްޑިވްސް އިމިގްރޭޝަންުން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގެ ކޯޓަކުން، ސުންދަރަލިންގަމް ކޫޑަލިންގަމް ނަމަކަށް ކިޔާ ދިވެއްސަކު، ޖިންސީ ގޯނާގެ މައްސަލައެއްގައި 4 އަހަރުގެ ޖަލު ޙުކުމެއް އިއްވި ކަމަށް ރާއްޖޭގެ ބައެއް އޮންލައިން މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން އިމިގްރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން އެ ޤައުމުގެ ލަންޑަނުގެ ކޯޓަކުން ޙުކުމްކޮށްފައިވާ ކަމަށް ބުނާ " ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ ފަރާތެއް ނޫން ކަމަށެވެ.
އިމިގްރޭޝަނުން ވަނީ މިފަދަ މައްސަލަތަކުގައި ޞައްޙަ ނޫން މަޢުލޫމާތު ނުވަތާ ފަރުވާލެއްނެތި ކަމެއް އޮޅިގެން ހިނގާފާނެ ފަދަ މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރިއަށް، އިތުރު 2 މީހުން ހައްޔަރުކޮށްފި2026 މާރިޗު 06
ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު މި އަހަރުގެ 6 ވަނަ ކުރޫޒްލައިނާ ރާއްޖެ އަތުވެއްޖެ2026 ފެބްރުއަރީ 19
މިއަހަރުގެ ފުރަތަމަ ކުރޫޒް ޝިޕް ހާހެއްހާ މީހުންނާއެކު ރާއްޖެ އަތުވެއްޖެ2026 ޖެނުއަރީ 14
ބަޔޯމެޓްރިކްސް ނުދިން 500 ބިދޭސީން ޑީޕޯޓްކޮށްފި2025 ޑިސެމްބަރު 18