ދިވެހިރާއްޖެއާއި ލަންކާގެ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންދަވައިފި!

ދިވެހިރާއްޖެއާއި ލަންކާގެ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންދަވައިފިއެވެ.
މި ޙަރަކާތް ކުރިއަށް ގެންދަވާފައި ވަނީ ސްރީލަންކާގެ ރައީސް މިވަގުތު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހިރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ސަލްޓަން ޕާކުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެޑައިގެންނެވި ކަމަށެވެ.
ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ އަރިހުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، އިންދެވީ މޫނިމާ ގަހެކެވެ.
މި ޙަރަކާތަކީ ދެޤައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ޤައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށްގެންދެވި ހަރަކާތެއް ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)