logo
logo
މޯލްޑިވިއަންއަށް ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ އެއްްފަހަރާ ދައްކަން އެމްޑީޕީއަށް ހުކުމް ކޮށްފި

މޯލްޑިވިއަންއަށް ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ އެއްްފަހަރާ ދައްކަން އެމްޑީޕީއަށް ހުކުމް ކޮށްފި

2025 ޖުލައި 30
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އެމްޑީޕީން މޯލްޑިވިއަންއަށް ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ އެއްފަހަރާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ އެމްޑީޕީން އައިލެންޑް އޭވިއޭޝަނަށް ބަހާލައިގެން އެކި ފަހަރުމަތިން ދައްކަންޖެހޭ ފައިސާ އެޕާޓީން ނުދެއްކުމާއި ގުޅިގެންނެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏާއި އެމްޑީޕީއާ ދެމެދު މިދިޔަ އަހަރު ސެޓްލްމަންޓް އެއްބަސްވުމެއް ހެދީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ޕާޓީން ކުރި ކެމްޕެއިން ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމާ ގޮތަށެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ބާކީ ހުރި 3.6 މިލިއަން ރުފިޔާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން އަންގާ ކަމުގައެވެ.

އެ މައްސަލާގައި އެމްޑީޕީން އައިލެންޑް އޭވިއޭޝަނާ އެކު ސެޓްލްމަންޓް އެއްބަސްވުމެއް ކުރިން ހެދީ ވެސް އެ ފައިސާ ނުދީގެން އެ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް