logo
logo
މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާ ބޯޓުގައި ތާނައަކުރުން "ދިވެހިރާއްޖެ" ޖަހައިފި!

މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާ ބޯޓުގައި ތާނައަކުރުން "ދިވެހިރާއްޖެ" ޖަހައިފި!

2025 ޖުލައި 28
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާ ބޯޓުގައި ތާނައަކުރުން "ދިވެހިރާއްޖެ" ޖަހައިފިއެވެ. މި ބޯޓަކީ ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލުން ފުރަތަމަ ޚިދުމަތް ހޯދި ބޯޓެވެ.

މޯލްޑިވިއަނުން ހާމަކުރި ގޮތުގައި ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ޤައުމީ އެއަރލައިންގެ ބޯޓުތަކުގެ ބޭރުގައި ތާނަ އަކުރުން ދިވެހިރާއްޖެ ޖަހަން ނިންމައި، އެމަސައްކަތް ވަނީ ފަށައިކަމަށެވެ.

މޯލްޑިވިއަންގެ ލިވެރީއަށް ގެނައި ބަދަލުގައި ބޯޓުގައިތަކުގެ ބޭރުގައި ޤައުމީ ދިދައާއެކު ދިވެހިރާއްޖެ ތާނަ އަކުރުން ޖަހާނެއެވެ. މި ބަދަލަކީ ދިވެހި ބަހާއި ތަރިކައަށް އަދި ޤައުމީ ފަޚުރު ރަމްޒުކޮށްދޭ ބަދަލެއް ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަންގެ ފްލީޓުގައި 25 މަތިންދާބޯޓް އޮންނައިރު މި ބަދަލު އެ އެއަރލައިންގެ ހުރިހާ ބޯޓަކުންވެސް ފެނިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ދިމާކޮށް ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާރމިނަލް ހުޅުވާ އެތަނުން ފުރަތަމަ ޚިދުމަތް ފުރަތަމަ ދޭން ނިންމާފައިވަނީ މޯލްޑިވިއަންގެ ބޯޓުތަކަށް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް