ރައީސްގެ ވައުދުފުޅާ އެއްގޮތަށް އަންނަ ހަފުތާގައި ކަމަދުއަށް ސީޕްލޭން ދަތުރުތައް ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ބ.ކަަދުއަށް ސީޕްލޭންގެ ހިދުމަތް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރު ވެއްޖެއެވެ.
ކަމަދުއަށް ސީޕްލޭން ދަތުރުތައް ފެށުމަށް ޤައުމީ އެއަރލައިން، މޯލްޑިވިއަނާއި ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ މިދިޔަމަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް ކަމަދުއަށް ތަޢާރަފުކުރުމުގެ ގޮތުން ފުރަތަމަ ދަތުރު މިއަދު ވަނީ ބާއްވާފައެވެ.
މޯލްޑިވިއަނުން ވިދާޅުވާ ގޮތުގައި ކަމަދުއަށް ސީޕްލޭން ދަތުރުތައް ކުރާނީ ކޮންމެ ހަފުތާއަކު ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މިއާއެކު ދިވެހިންނަށް ޚާއްސަ ފެއަރވެސް އެ އެއަރލައިނުން ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން، މާލެއިން ކަމަދުއަށް ސީޕްލޭންގެ ޓިކެޓެއްގެ އަގު އުޅެނީ 1199 ރުފިޔާއަށެވެ.
ކަމަދޫއަކީ ރަށު ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ރަށެކެވެ. އެ ރަށުގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި ރަށަށްވެސް އިގްތިސާދީގޮތުން ގިނަ ފައިދާތަކެއް ވެގެންދާނެއެވެ.
އިތުރަށް





.gif.gif&w=828&q=100)